ކުޅިވަރު

2018ގެ ޓީމަށް ވުރެއް މިފަހަރުގެ ޓީމް ވަރުގަދަވާނެ - އަސަދުﷲ


2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕް ހޯދި ޓީމަށް ވުރެއް މިފަހަރުގެ ޓީމް މާވަރުގަދަވާނެކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަސަދުއްﷲ ޢަބްދުﷲ ބުނެފިއެވެ. 2018ވަނަ އަހަރު ރާއްޖެއިން ސާޗް ޗެންޕިއަންޝިޕް ހޯދު ޓީމްގައި އަސަދުﷲވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެމުބާރާތުގައި ބަދަލް ކުޅުތެރިއެއްގެ ގޮތުގައި ކުޅެން ނިކުތްނަމަވެސް އަސަދުﷲވަނީ ޓީމް މޮޅު ކޮށްދިނުމުގައި މޮޅު ކުޅުމެއް ދާއްކާފައެވެ. ރާއްޖެއިން މިފަހަރުގެ ސާފް ޗެންޕިއަންޝިޕަށް ނިކުންނަނީ މުބާރާތުގެ ތަށި ދެވަނަ ފަހަރަށް ދިފާޢުކުރާށެވެ. ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ހޯދާފައިވަނީ 2008ވަނަ އަހަރުއެވެ. މިދެ ފަހަރުވެސް ރާއްޖެއިން ފައިނަލްގައި ބަލިކޮށްފައިވަނީ އަވަށްޓެރި އަދި ރައްޖެއާއި އެންމެ ވާދަވެރި އިންޑިޔާއެވެ.

ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް މިހާރު ގައުމީ ޓީމް ކޭންޕް ކުރަމުންދަނީ ގަތަރުގައެވެ. ގަތަރުގެ ޓްރެއިނިންގް ކޭންޕްގެ ތެރެއިން ވާހަކަދައްކަމުން އަސަދުއްﷲ ޢަބްދުﷲ ބުނީ އެންމެ ފަހުން ރާއްޖެއިން ސާފް ޗެންޕިއަންޝިޕަށް ނެގި ޓީމަށް ވުރެއް މިހާރުގެ ޓީމް ވަދަރުގަދަވާނެކަމަށާއި އެކްސްޕީރިއަންސް ކުޅުންތެރިންވެސް ގިނަކަން ފާހަގަކޮށްލެވޭކަމަށެވެ. ގަތަރުގެ ކޭންޕުގެ މުހިންމުކަމުގެ މައްޗަށް ވާހަދަކައްކަމުން އަސަދުއްﷲބުނީ ގަތަރު ކޭންޕްގެ ހުރިހާކަމެއްވެސް ކުރިއަށްދަނީ ވަރަށް ރަނގަޅަށްކަމަށާއި ފަރިތަކުރުންތަކާއި ޖިމް ސެޝަންތަކާއިއެކު ކޭންޕްގެ ހުރިހާކަމެއްވެސް ދަނީ ވަރަށް ރަނގަޅަށްކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ފޯވާޑް އަސަދުއްﷲ ޢަބްދުﷲ ބުންޏެވެ.

"ޓީމްގެ ރޫހު ވަރަށް ރަނގަޅަށް އޮތީ. އެންމެ ފަހުން ތަށި ހޯދި ޓީމަށް ވުރެއް މިފަހަރުގެ މުބާތާ ކުރިމަތިލާ ޓީމް މާ ވަރުގަދަވާނެ. ތަޖުރިބާ ހުރި ކުޅުންތެރިންނާއި ޒުވާންކުޅުންތެރިންނާއެކު މިފަހަރުގެ ޓީމް ވަރުގަދަވާނެ. އެހެން ވީމަ މިފަހަރުގެ ޓީމް ވަރުގަދަވާނެ. އެހެންވީމަ ތަޖުރިބާ ހުރި ޓީމާއި ޒުވާން ޓީމަކާވީމަ ޓީމް ވަރަށް ބެލެންސްވާނެއެވެ. މިއީ މިފަހަރު ޓީމް ވަރުގަދަވުމަށް ލިބިފައިވާ ވަރަށް މުހިންމުކަމެއް. ތަޖުރިބާ ކުޅުންތެރިންގެ ފަރާތުން ޒުވާން ކުޅުންތެރިންނަށް ވަރަށްގިނަ ކަންތައްތައް ދަސްވާނެ." ގައުމީ ފުޓްބޯޅަ ޓީމްގެ ފޯވާޑް އަސަދުއްﷲ ޢަބްދުﷲ ބުންޏެވެ.

މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާޗް ޗެންޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ބަންގްލަދޭޝް އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ނޭޕާލް އާއި ދިވެހިރާއްޖެ.