ޖަޕާން ބަސް
ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި ޖަޕަނީޒް ލެންގުއޭޖް ސްޕީޗް ކޮންޓެސްޓެއް
ބާއްވައިފިއެވެ.
މިމުބާރާތަކީ ފެކަލްޓީ
އޮފް އާޓްސްގައި ޖަޕާން ބަސް ކިޔަވާ ކުދިންގެ މެދުގައި ބޭއްވި މުބާރާތެކެވެ. ތިން ކެޓަގަރީއަކަށް ބަހާލައިގެން
ކުރިއަށްގެންދިޔަ މި މުބާރާތުގެ އެއްވަނަ ކެޓަގަރީން އެއްވަނަ ހޯދީ ޝަހުދާން މުބީނެވެ.
ދެވަނަ ކެޓަގަރީން އެއްވަނަ ހޯދީ ފާތިމަތު ޝާޙުނާޒެވެ. އަދި ތިންވަނަ ކެޓަގަރީން
އެއްވަނަ ހޯދީ ޝިމްނާ އަލީއެވެ.
މިކޮންޓެސްޓާބެހޭގޮތުން މައުލޫމާތު ދެއްވަމުން
ފެކަލްޓީ އޮފް އާރޓްސްގެ ޖަޕަނީސް ލެކްޗަރަރ ޒީނަތު ޒަކީ ވިދާޅުވީ، މި މުބާރާތަކީ
އެ ފެކަލްޓީގައި ޖަޕާން ބަސް ކިޔަވާ ކުދިންގެ މެދުގައި ޖަޕާން ބަހަށް އިތުރަށް
އަހުލުވެރިކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ
މުބާރާތެއްކަމުގައެވެ.
"މިއަންނަ
އަހަރު ޖެނުއަރީމަހު އަނެއްކާވެސް ޖަޕަނީޒް އާ ކޯސް ފެށޭނެ. ޖަޕަނީސް ލެންގްއޭޖް ކްލާސްތަކުގައި ހަމައެކަނި
މި އޮންނަނީ ޖަޕަނީޒް ލެންގްއޭޖް ދަސްކުރުމެއް ނޫން. މީގެއިތުރުން ޖަޕާނަށް ގޮސް
ޖަޕާންގެ ކަލްޗަރއާއި ކަންތައްތައް އެކްސްޕީރިއަންސް ކޮށްލުމުގެ ފުރުސަތުވެސް
އެކުދިންނަށް ލިބިގެންދާނެ". ޒީނަތު ވިދާޅުވިއެވެ.