ކުޅިވަރު

ލިވަޕޫލުން ޕޯޓޯއާއި ވާދަކޮށް ފަސޭހަ މޮޅެއް


ޔޫއެފާ ޗެންޕިއަންސް ލީގުގައި ލިވަޕޫލުން ފޯޓޯއާއި ވާދަކޮށް ފަސޭހަ މޮޅެއް ހޯދައިފިއެވެ. މިމެޗް ލިވަޕޫލް ކާމިޔާބުކޮށްފައި ވަނީ 5 ލަނޑު 1 ލަނޑުންނެވެ.

މެޗްގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލިވަޕޫލުން މެޗްގެ 18ވަނަ މިނެޓްގައި އެޓީމުން ވަނީ ގޯލެއް ޖަހައި ލީޑް ނަގާފައެވެ. މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަލާވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ އިތުރު ލަނޑެއްޖަހައި މެޗްގެ ލީޑް ފުޅާކޮށްފައެވެ. މިލަނޑު މެޗުގެ 45 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސާދިއޯ މާނޭއެވެ.

މެޗްގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މެޗްގެ 60ވަނަ މިނެޓްގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސަލާހުއެވެ. މެޗްގައި ލިވަޕޫލުން ތިން ލަނޑު ޖެހިފަހުން، ޕޯޓޯއިން ވަނީ ކުޅުން ރަގަނޅުކޮށް ލަނޑެއް ޖެހޭ ތޯ ކުރިއަށް ވުރެއް ބޮޑަށް މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗްގެ 75ވަނަ މިނެޓްގައި ޕޯޓޯއިން ވަނީ ލަނޑެއްޖަހައި ލީޑް ހަނިކޮށްފައެވެ. މިލަނޑު ޕޯޓޯއަށް ކާމިޔާބުކޮށްދިނީ މެހެދީ ތަރޭމީއެވެ. ޕޯޓޯއިން ލަނޑު ޖެހިނަމަވެސް އެޓީމަށް ލިވަޕޫލްގެ ވަރުގަދަ އެޓޭކްތައް ހުއްޓުވޭ ގޮތެއް ނުވިއެވެ. ޕޯޓޯއިން ލަނޑު ޖެހިތާ ދެ މިނެޓްފަހު ޕިލަޕޫލުން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހާ އަލުން ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ރޮބާޓޯ ފިރްމީނޯއެވެ. އަދި މެޗް ނިމެން ދަނިކޮށް ފިރްމީނޯ ވަނީ ލިޕަޕޫލްގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗް ފަސޭހަކަމާއެކު ލިވަޕޫލް ކާމިޔާބުކުރިއިރުގައި، މި ގްރޫޕްގެ އަނެއް މެޗުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ ރަށުން ބޭރުގައި ކުޅެ ފަހަތުން އަރައި 2 ލަނޑު 1 ލަނޑުން އޭސީ މިލާން ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތުލެޓިކޯއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޕޯޓޯއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް މިލާނަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.