އުރީދޫ ސާފް ޗެންޕިއަންޝިޕް މެޗްތައް ލައިވްކޮށް ދެއްކުމުގެ ފުރުސަތު ކޮންމެ ޓީވީ ޗެނަލްއަކަށް އެބައޮތްކަމަށް ޕީއެސްއެމްއިން ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ހޯސްޓް ބްރޯޑްކާސްޓަރަކަށް ޕީއެސްއެމް ވަނީ ހަމަޖައްސާފައެވެ.
މިމުބާރާތުގެ މެޗްތައް ލައިވްކޮށް ދެއްކުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސާފައިވާއިރު، ޕީއެސްއެމުން މިހާރު ވެސް ގެންދަނީ މިމުބާރާތުގެ ފޯރި ގަދަކުރުމަށް ގަދަ ރަތް ނަމުގައި ޚާއްސަ ޝޯތަކެއް ގެނެސް ދެމުންނެވެ. މިމުބާރާތުގެ މެޗްތައް ޕީއެސްއެމްއިން ވަގުތުން ދެއްކުމަށް ހަމަޖެހިފައިވާއިރު މާދަމާ ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ސްރީ ލަންކާ އާއި ބަންގްލަދޭޝް އަދި ދެވަނަ މެޗްގައި އެރޭ ވާދަކުރާނީ ނޭޕާލާއި ދިވެހިރާއްޖެއެވެ.
ޕީއެސްއެމްއިން މަޢުލުމާތުދިން ގޮތުގައި އުރީދޫ ސާފް ޗެންޕިއަންޝިޕް މެޗްތަކުގެ ފީޑް ވިއްކުމަށް ޕީއެސްއެމްއިން ދެ ޕެކޭޖެއް ހަދާފައިވެއެވެ. އެގޮތުން ޕީއެސްއެމްގެ ފުރަތަމަ ޕެކޭޖްގެ ތެރެއިން މެޗްގެ ކްލީން ފީޑާއި މުބާރާތުގެ ސްޕޮންސަރުންގެ ދެއްކޭގޮތަށްވަނީ ހަމަޖެހިފައެވެ. މިޕެކޭޖް ވިއްކުމަށް ހަމަޖެހިފައި ވަނީ ކޮންމެ މެޗެއް 15 ހާސް ރުފިޔާއަށެވެ. ފުރަތަމަ ޕެކޭޖަކީ ގައުމީ ޓީމް ކުޅޭ މެޗްތަކަށް ހާއްސަކޮށްފައިވާ ޕެކޭޖެވެ. އަދި މިޕެކޭޖް ނަގާފަރާތްތަކަށް ޑިސްކައުންޓްވެސް ދޭ ގޮތަށްވަނީ ހަމަޖެހިފައެވެ. ޕީއެސްއެމްގެ ދެވަނަ ޕެކޭޖްގެ ދަށުން މެޗްތަކުގެ ކްލީން ފީޑާއި މުބާރާތުގެ ސްޕޮންސަރުންގެ އިތުރުން އަމިއްލައަށް ވެސް ސްޕޮންސަރުން ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ދެވަބަ ޕެކޭޖެގެ އަގަކީ މެޗްއަކަށް 30 ހާސް ރުފިޔާއެވެ. ޕީއެސްއެމުން ބުނީ އެކުންފުނިން ބޭނުންވަނީ ވީހާވެސް ގިނަބައެއްގެ ބައިވެރިވެވުމާއިއެކު މުބާރާތުގެ މެޗްތައް ލައިވްކުރުންކަމަށެވެ. އަދި ކޮންމެ ޕެކޭޖެއްވެސް ހޯދުމުގެ ދުރުސަތު ހުޅުވާލާފައިވާއިރު، ޕީއެސްއެމާއި ގުޅިގެން ޕެކޭޖް ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިފައެވެ.
ޕީއެސްއެމްއިން ބުނީ ސާފް ޗެންޕިއަންޝިޕްގެ މެޗްތަކުގެ ފީޑް ވިއްކުމަށް ޕީއެސްއެމްއިން ނިންމީ މުބާރާތުގެ މެޗްތަކުގެ ލައިވް ކުރުމަށް ޕީއެސްއެމްއިންވެސް ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކުރާކަމަށާއި އެއްވެސް އިރެއްގައި ސާފް މުބާރާތަކީ ހިލޭ ލިބޭ މުބާރާތަކަށް ނުވާތީކަމަށެވެ. މީގެ ކުރިންވެސް މިމުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމް ކުޅުނު ނަމަވެސް އެއްވެސް މުރާތާތެއްގެ ލައިވް ފީޑް ރާއްޖެއަށް ހިލޭ ނުލިބެއެވެ. އަދި ކޮންމެ ފަހަރަކުވެސް ޕީއެސްއެމްއުން ރައްޔިތުންނާއި ހަމައަށް މުބާރާތް ގެނެސްދިނުމަށް ބޮޑު ހޭދައެއް ކޮށްފައިވާކަމަށް ޕީއެސްއެމުން ބުނެއެވެ. އަދި މިފަހަރުގެ ސާފް ޗެންޕިއަންޝިޕް މުބާރާތަކީ ރާއްޖެ ހޯސްޓް ކުރާ މުބާރާތެކެވެ. މިމުބާރާތަކީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން ސާފުން ރާވާ ހިންގާ މުބާރާތަކަށްވާއިރު، ކޮންމެ އަހަރަކުވެސް މިމުބާރާތުގެ ފީޑަކީ ގަންގަންޖެހޭ ޖެހޭ އެއްޗެއްކަމަށެވެ. އަދި ރާއްޖޭގައި މިމުބާރާތް ހޯސްޓްކޮށްގެން، ފީޑް ހިލޭ ދިނުމަކީ ޕީއެސްއެމަށް ދެކޮޅު ޖެއްސޭނެކަމެއް ނޫންކަމަށް ވެސް އެކުންފުނިން ބުނެއެވެ. އަދި ޕީއެސްއެމުން ހަދާފައިވާ ދެވަނަ ޕެކޭޖްގެ ތެރެއިން އަމިއްލައަށް އިސްތިހާރު ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށް ޕީއެސްއެމްއިން ބުނެއެވެ.
މިމުބާރާތުގެ ފޯރި ގަދަކުރުމަށް ޕީއެސްއެމްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކޮންމެ މެޗްއެއްގެ ކުރިން ހާއްސަ ޝޯތަކެއްވެސް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.