ކުޅިވަރު

ބަންގްލަދޭޝްގެ ނޫސްވެރިޔާގެ މައްސަލާގައި އެފްއޭއެމްއިން މާފަށް އެދިއްޖެ


ބަންގްލަދޭޝް ނޫސްވެރިއަކަށް އެފްއޭއެމްގެ މުވައްޒަފަކު ހުރަސްއެޅުމާއި ގުޅިގެން އެފްއޭއެމްއިން މަފަށް އެދިއްޖެއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕް ކަވަރުކުރުމަށް ރާއްޖެއައި ބަންގްލަދޭޝްގެ ނޫސްވެރިއަކަށް އެފްއޭއެމްގެ އޮފިޝަލަކު ހުރަސްއަޅާފައިވަނީ މިރޭ ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރާ މެޗަށް ޓިކެޓް ވިއްކުމުގެ މައްސަލަ ގޯސްވެ، ބަންގަލަދޭޝްގެ ނޫސްވެރިއަކު ކަރުގައި އޮތް މީޑިއާ ފާސް ނެގުމަށް އެފްއޭއެމްގެ މުއައްޒަފަކު މަސައްކަތް ކުރުމާއި ގުޅިގެންނެވެ. މިމައްސަލަ ހޫނުވެ، ސޯޝަލް މީޑިއާގައި ބަންގްލަދޭޝްގެ ގިނަ ބަޔަކާއި ދިވެހިން މިކަމާއި ގުޅިގެން ދިޔައީ ނުރުހުން ފާޅު ކުރަމުންނެވެ.

މިކަމާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ އެފްއޭގެ ސްޓާފެއްގެ ފަރާތުން ފެނިގެންދިޔަ ބަލައިގަންނަން އުނދަގޫ އަމަލެއް ކަމަށެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަަލައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މިކަމާއި ގުޅިގެން އެފްއޭއެމްގެ ފަރާތުން މާފަށް އެދޭކަމަށެވެ. މިފަހަރުގެ އުރީދޫ ސާފް ޗެންޕިއަންޝިޕް ކަވާރ ކުރުމަށް މިސަރައްހަދުގެ ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝްގެ ނޫސްވެރިންނެވެ.

މި ފަހަރުގެ މުބާރާތް ކަވަރުކުރަން އައި ބިދޭސީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހު ބަންގްލަދޭޝްގެ ކޯޗުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ސުވާލުކުރަން ދެނީ އެ ގައުމުގެ މީޑިއާތަކަށެވެ. އެ އަށް ފަހު އެހެން ގައުމުތަކަށް އެ ފުރުސަތު ދެއެވެ.