އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗު ބެލުމަށް ދަނޑަށް ނުދެވޭ މީހުންނަށް ލެޑް ސްކްރީނުގައި މެޗު ބެލުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ފަހިކޮށްދީފިއެވެ. އެގޮތުން މިއަދު މުބާރާތުގެ ކުޅޭ ދެމެޗުވެސް ލެޑް ސްކްރީނުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އުރީދޫ އިން ވަނީ މެޗު ބަލަން ދަނޑަށް ދިއުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެންމެން އެތަނެއްގައި ތިބެ މެޗު ބެލުމުގެ ފުރުސަރު ދިނުމަށް ސޯޝަލް ސެންޓަރުގެ ލެޑް ސްކްރީންގައި މާދަމާގެ ދެ މެޗުވެސް ވަގުތުން ދައްކަން ނިންމާފައެވެ. އުރީދޫ އިން މިހާރު ވަނީ އެ ސަރަހައްދު އެކަމަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމަކީ އުރީދޫއިން މިނިސްޓްރީ އޮފް ކޮމިއުނިޓީ އެމްޕަވަމެންޓާ ގުޅިގެން ކުރިޔަށްގެންދާ ހަރަކާތެކެވެ.
އުރީދޫއިން އިސްނަގައިގެން ލެޑް ސްކްރީންގައި މެޗު ލައިވް ސްޓްރީމްކުރަން ނިންމާފައި މިވަނީ މާދަމާ ރޭ ރާއްޖެއާ ބަންގްލަދޭޝް ބައްދަލުކުރާ މެޗުގައި އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައިވާ ހުރިހާ ޓިކެޓެއް ވިކި އަދިވެސް ގިނަ އަދަދެއްގެ ބަޔަކު މެޗު ބަލަން ދަނޑަަށް ބޭނުންވެފައިވާ ވަގުތެއްގައެވެ. މުބާރާތުގެ މެޗުތައް ބޮޑު ތަކުރުފާނުމަގަށް ވާގޮތަށް އުސްފަސްގަޑާ ދިމާލަށް އިންނަ ސްޓެލްކޯގެ މާޓީވީން ދެއްކުމަށް ވަނީ ހަމަޖެހަފައެވެ. ސްޓެލްކޯއިން ބުނީ ރާއްޖޭ ކުޅޭ ހުރިހާ މެޗެއް މާޓީވީން ދެއްކުމުގެ އިންތިޒާމު ހަމެޖިފަވާ ކަމަށެވެ. އަދި މި ގޮތަށް މެޗު މާޓީވީން ދެއްކުމަށް ހަމެޖެހިފަވަނީީ ރައްޔިތުންނަށް ފައްސޭހަކަމާއެކު މެޗު ބެލުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ ގޮތުންކަމަށް އަދި މުޅި ސްޓެލްކޯ އޮތީ މިދަނޑިވަޅުގައި ގައުމީޓީމާ އެކުކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ސާފް ޗެމްޕިއަން ޝިޕްގައި މިއަދު ކުޅެން ހަމަޖެހިފައި ދެ މެޗުގެ ތެރެއިން ހަވީރުގެ މެޗަކީ އިންޑިއާ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗެވެ. މިރޭ ގަލޮޅު ދަނޑުގައި ކުރިއަށް ދާނީ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗެވެ.