ޚަބަރު

މިއީ ސިވިލް ސާރވިސް ޓްރޭނިންގް އިންސްޓިޓިއުޓުގެ ކާމިޔާބު އަހަރެއް


މިއަހަރަކީ
ހުރިހާ ގޮތަކުންވެސް ސިވިލް ސާރވިސް ޓްރޭނިންގް އިންސްޓިޓިއުޓަށް ވަރަށް ކާމިޔާބު
އަހަރެއްކަމަށް އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރ
ފާތިމަތު ހަބީބާ ވިދާޅުވެއްޖެއެވެ.



ސިވިލް
ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގެ ފަރާތުން މިދިޔަ އަހަރު ހިންގި ބައެއް
ކޯސްތަކުގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ފެކަލްޓީ އޮފް ހެލްތް
ސައިންސަސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަބީބާ
ވިދާޅުވީ، މި ކޯސްތަކަކީ މަސައްކަތުގެ ދާއިރާގައި ކޮންމެހެން ބޭނުންވާނެ ހުނަރުތަކެއް
ތަރައްޤީ ކުރުމަށް ފަރުމާ ކުރެވިފައިވާ ކޯސްތަކެއްކަމަށެވެ.



ހަބީބާ
ވިދާޅުވީ، މިއަހަރު ތައާރަފް ކުރެވިގެންދިޔަ އީ-ލަރނިންގް ޕްރޮގްރާމް އިތުރަށް
ފުޅާކުރެވިގެންދާނެ ކަމަށާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި މި ކޯސްތައް ކުރިއަށްގެންދަން
ރާވާފައިވާކަމަށެވެ.



މި ރަސްމިއްޔާތުގައި
އެ އިންސްޓިޓިއުޓުން ކުރިއަށްގެންދިޔަ ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން
އެންޑް މެނޭޖްމަންޓް ކޯހާއި ސަރޓިފިކެޓް 
ލެވެލް 3 ގެ ކޯސްތަކުގެ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުންދެއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް
އަލީއެވެ. ސިވިލް ސާރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ދިގުމުއްދަތުގެ ކޯސްތަކުގެ
އިތުރުން ތަފާތު ހުނަރުތަކަށް ހާއްސަކޮށްގެން ކުރުމުއްދަތުގެ ސަތޭކަ ހަތްދިހަ ފަސް ޓްރެއިނިންގ ޕްރޮގްރާމް ހިންގާ ފަސްހާސް ހަތަރު
ސަތޭކަ ފަސް މުވައްޒަފުން ވަނީ ތަމްރީނުކޮށްފައެވެ.