ޚަބަރު

ފިނޭންސް މިނިސްޓްރީގެ ބައެއް ސެކްޝަންތައް އުވާލަނީ


ފިނޭންސް މިނިސްޓްރީގެ ބައެއް ސެކްޝަންތައް އުވާލާ މުވައްޒަފުން މަދުކުރަން ސަރުކާރުން ނިންމެވިނަމަވެސް އެތަނުގައި ތިއްބެވި ފަންނީ މުވައްޒަފުންނަށް ދެރެ ގޮތެއް ނުވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ޢަލީ ވިދާޅުވެއްޖެއެވެ.ފީއެސްއެމްއާއި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ ފިނޭންސް މިނިސްޓްރީއަށް ގެނެވޭ ބަދަލްތަކަކީ ސަރުކާރު އޮފީސްތައް ހަރުދަނާކޮށް ހިންގެވުމަށް ސަރުކާރު އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން ގެނެވޭ ބަދަލެއްކަމަށެވެ. މިގޮތުން  ފިނޭންސް މިނިސްޓްރީގެ ސެކްޝަންތަކެއް އުވާލާއިރު އެއީ އެމިނިސްޓްރީގެ މަސައްކަތް މިހާރު ހިގަމުންދާގޮތަށް ބަލާއިރު ބޭނުންނުވާ ސެކްޝަންތަކެއްކަމަށް މުއާޒް ވިދާޅުވިއެވެ. އަދި އެތަންތަނުގައި ތިބި ފަންނީ އެއްވެސް މުވަޒަފެއް ވަޒީފާއިން ކަނޑާ އެއްލާ ނުލައްވާނެކަމަށާއި އޭގެ ބަދަލުގައި އެފަރާތަކަށް ސަރުކާރުގެ އެހެން އޮފީސްތަކުން ވަޒީފާ ހޯދާދިނުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަން މުއާޒް ފާހަގަކުރެއްވިއެވެ.