ކުޅިވަރު

50 މީޓަރުގެ ބެކްސްޓްރޯކް އަންހެން އެއްވަނަ ހަމްނާއަށް


މިހާރު ކުރިއަށްދާ ޗެންޕިއަންސް އޮފް ޗެންޕިއަންސް ފެތުމުގެ މުބާރާތުގެ 50 މީޓަރުގެ ބެކްސްޓްރޯކް އަންހެން އެއްވަނަ ހަމްނާ އަޙުމަދު ހޯދައިފިއެވެ. މިބައިގެ އެއްވަނަ ހަމްނާ ހޯދީ 35.13 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިރޭސްގެ ދެވަނަ ހޯދާފައިވަނީ 39.06 ސިކުންތުން އާމިނަތު އީރަމް ސަލީމެވެ. ތިންވަނަ ނަބާހަތު އާޒިމް ހޯދީ 40 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރޭ ވަނީ މިމުބާރާތުގެ ފަސް ފައިނަލެއް ކުރިއަށް ގެންގޮސްފައެވެ. 200 މީޓަރު ބެކްސްޓްރޯކް އަންހެން އެއްވަނަ ހޯދާފައިވަނީ އައިޝް އާލިން އަފްޒަލެވެ. ދެވަނަ ހޯދީ ފާތިމަތު އީޝަލް އައްސަދެވެ. އަދި ތިންވަނަ ހޯދީ ޒައިނަބު ޢަބްދުﷲ ޝަގީފެވެ. 200 މީޓަރު ބެކްސްޓްރޯކް ފިރިހެން އެއްވަނަ ހޯދީ މުޙައްމަދު ރިޙާން ޝިހާމެވެ. ދެވަނަ ހޯދީ މުޙައްމަދު ޖޫދު ފަޔާޒެވެ. އަދި ތިންވަނަ ހޯދީ ޔޫސުފް ރިޒްވީއެވެ.

100 މީޓަރު ބަޓަފްލައި ސްޓްރޯކް އަންހެން އެއްވަނަ ހޯދީ ފާތިމަތު ޒުހާ ޒިޔާދެވެ. ދެވަނަ ހޯދީ އައިޝަތު އައިނީ ޢަބްދުލްހަމީދެވެ. އަދި ތިންވަނަ ހޯދީ ޖުމެއިރާ އާމިނަތު އާމިރެވެ. 100 މީޓަރު ބަޓަފްލައި ސްޓްރޯކް ފިރިހެން އެއްވަނަ ހޯދީ މުޙައްމަދު އާން ހުސެއިނެވެ. ދެވަނަ ހޯދީ މުޙައްމަދު ރިހާޒްނ ޝިހާމެވެ. އަދި ތިންވަނަ ހޯދީ އިބްރާހީމް މައިޝަން ޝަހީމެވެ. 50 މީޓަރު ބެކްސްޓްރޯކް ފިރިހެން އެއްވަނަ ހޯދީ މުހައްމަދު އާން ހުސެއިނެވެ. ދެވަނަ ހޯދީ މުޙައްމަދު ރިހާން ޝިހާމެވެ. އަދި ތިންވަނަ ހޯދީ މުޙައްމަދު ޔަމަން ޔާސީނެވެ.

މޯލްޑިވްސް ސްވިމިންގް އެސޯސިއޭޝަނުން މަޢުލުމާތުދިން ގޮތުގައި ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު އެއްވެސް މުބާރާތެއް ކުރިއަށް ގެންދެވިފައިނުވާތީ، މިއަހަރުގެ ޗެންޕިއަންސް އޮފް ޗެންޕިއަންސް މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 2019ވަނަ އަހަރު ކުރިއަށް ގެންދިޔަ ހުރިހާ އިވެންޓްތަކުން ކަމަށެވެ. އެއީ 50 މީޓަރު، 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރެވެ. ޗެންޕިއަން އޮފް ޗެންޕިއަންސް މިމުބާރާތުގައި ބައިވެރިވުމަށް ދައުވަތުދީފައިވަނީ ކޮންމެ ކެޓަގަރީއަކުންވެސް އެންމެ މޮޅު 8 ފެތުންތެރިންނަށެވެ. އަދި މުބާރާތް ކުރިއަށްދަނީ މި 8 ފެތުންތެރިންގެ މެދުގައި ބަހާލައިގެންކަމަށް ސްވިމިންގް އެސޯސިއޭޝަނުން މަޢުލުމާތު ދިނެވެ.