ކުޅިވަރު

މުސްތަގްބަލަށް އަމާޒްކޮށް ގައުމީ 23 އަހަރުން ދަށުގެ ޓީމްގެ ފަރިތަކުރުންތަށް ފަށައިފި


މުސްތަގްބަލުގައި ކާމިޔާބީއަށް އަމާޒްކޮށް ގައުމީ 23 އަހަރުން ދަށުގެ ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ. ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި ބޭއްވި ރަސްމިއްޔާތުގައި ވީއޭއެމްއިންވަނީ ގައުމީ 23 އަހަރުން ދަށުގެ ޓީމަށް ހޮވުނު ކުދިންނަށް ޖޯޒީ ހަވާލްކޮށްފައެވެ. ޤައުމީ ޓީމަށް ކުޅުންތެރިން ކުދިން ނެގުމަށް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަނުންވަނީ އާންމުކޮށް ހުޅުވާލައިގެން ޓްރައި އައުޓެއް ބާއްވާފައެވެ.

70 އަށް ވުރެއް ގިނަ ކުދިން ބައިވެރިވި މިޓްރައި އައުޓުން ނަގާފައިވަނީ 30 ކުޅުންތެރިންނެވެ. މިޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފަތުހުﷲ ވަޙީދު (ފައްލޯ)އެވެ. އަދި އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ 15 އަހަރު ގައުމީ ވޮލީ ޓީމަށް ކުޅެދީފައިވާ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަޙުމަދު ޢަބްދުލްކަރީމް (ލޯންގޭ)އެވެ.

ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި ރޭ ބޭއްވި ރަސްމިޔާތުގައި ގައުމީ ޓީމަށް ހޮވުނު 30 ކުޅުންތެރިންނަށް ޖޯޒީ ހަވާލްކޮށް ކޯޑް އޮފް ކޮންޑަކްޓެއް އެކުލަވާލާފައެވެ.

ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ މިއީ މުސްތަގްބަލުގައި ރަނގަޅު ޓީމެއް ބިނާކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްކަމަށާއި މިއަދު ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ އެކުޅުންތެރިން ބިނާ ކުރުމަށް ކުރާ މަސައްކަތުން މާދަމާ އެކަމުގެ ފޮނި މީރުކަން ލިބިގެންދާނެކަމަށް ރަނޭޝް ވިދާޅުވިއެވެ. އަދި ގައުމީ ޓީމްގެ ކޯޗް ފައްލޯ އައި އެސިސްޓަންޓް ކޯޗް ލޯންޖޭގެ ކޮންބިނޭޝަނާއެކު މިޓީމް މުސްތަގްބަލުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާނެކަމަށް ގަބޫލް ކުރާކަމަށްވެސް ރަނޭޝް ވިދާޅުވިއެވެ.

މިޓީމުގެ ފަރިތަކުރުންތައް ހަފްތާއަކު 6 ދުވަހު ކުރިއަށް ދާނެއެވެ.