މެލޭޝިޔާގައި ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރ މުހައްމަދު ފަހުމީ ހަސަން ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއި ބައްދަލުކުރައްވައިފިއެވެ. ސާފް ސުޒުކީ ކަޕްގައި ވާދަކުރުމަށް މެލޭޝިޔާގައި ތަމްރީން ހަދަމުންދާ ޓީމާއި ބައްދަލުކުރައްވައި ކޮމިޝަނަރ މުޙައްމަދު ފަހުމީވަނީ ހުރިހާ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ. އަދި ސާފް ސުޒުކީ ކަަޕްގައި ކާމިޔާބީ ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރުމަށް ސަފީރު އިލްތިމާސްކުރެއްވިއެވެ.ގައުމީ ޓީމްގެ އޮފިޝަލުންނާއި ކުޅުންތެރިންނާއި އޮފިޝަލުންނަށް ފަރިއްކޮޅެއްވެސް ކޮމިޝަނުގެ ފަރާތުން ސަފީރު ފަހުމީވަނީ އަރުވާފައެވެ. މެލޭޝިއާގައި ރާއްޖޭގެ ޤައުމީ ޓީމް ވަނީ އެކުވެރިކަމުގެ ހަތަރު މެޗް ކުޅެފައެވެ.