ކުޅިވަރު

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ކޮސްޓާ ހަމަޖައްސައިފި


ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ޕޯޗުގީސް ކޯޗު ސިމާއޯ ކޮސްޓާ ހަމަޖައްސައިފިއެވެ. ސިމާއޯ ކޮސްޓާއާއެކު ގައުމީ ޓީމުގެ ދެ އެސިސްޓެންޓް ކޯޗުން ތިބޭނެއެވެ. ކޮސްޓަރއާއެކު މަސައްކަތް ކުރާނީ ތަޖްރިބާކާރު ކޯޗް ޢަލީ ސުޒޭންއެވެ.

46 އަހަރުގެ ސިމާއޯ ކޮސްޓާއަކީ ޕޯޗުގަލްގެ ގިން ކުލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ކޯޗެއްގެ ގޮތުގައި ސިމާއޯ ކޮސްޓާ މަސައްކަތް ކޮށްފައިވަނީ ދެކުނު ކޮރެއާގެ ޑައިޖިއަން ސިޓިޒަންގައެވެ. އަދި އޭނާ އެންމެ ފަހުން ކޯޗުކޮށްދީފައިވަނީ ސްވިޓްޒަލެންޑްގެ ކްލަބް ބެރޯޝް ގޯޖިއާއަށެވެ. އިންސްޓަގްރާމްގައި ކޮސްޓާ ކުރި ޕޯސްޓެއްގައިވަނީ ކޮސްޓަ ބުނެފައިވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަމަށްވުމަށް އޭނާއަށް މިފުރުސަތު ހޯދައިދޭން އެހީތެރިވި ހުރިހާ ފަރާތަކަށް ޝުކުރު އާދަކުރާ ކަމަށް ބުނެފައެވެ.

ގައުމީ ޓީމުގެ ކޯޗަކަށް އިޓަލީގެ މޮރިއޭރޯ ހަމަޖައްސާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. މޮރިއޭރޯގެ ކޯޗުކަމުގެ ދަށުން އެންމެ ފުރަތަމަ ރާއްޖޭގެ ޤައުމީ ޓީމް ކުޅެފައިވަނީ ލަންކާގައި ނިމިގެންދިޔަ ފޯ ނޭޝަންސް ކަޕްގައެވެ. އެމުބާރާތް ރާއްޖެ ނިންމާލާފައިވަނީ މެޗަކުން މޮޅެއް ނުލިބިއެވެ.