ވިޔަފާރި

ސްކޮޓް ބާޑާ ބްރޭންޑް ރާއްޖެއަށް ތަޢާރަފްކޮށްފި


ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ
ސްކޮޓް ބާޑާ، އެމް.ޓީ.ސީ.ސީން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.



ސްކޮޓް ބާޑާއަކީ ކެމިކަލް އުފައްދާ ދުނިޔޭގެ މަޝްހޫރު ކުންފުންޏެކެވެ. މި ކުންފުނީގެ ކާރުޚާނާތައް ޔޫރަޕާއި،
މެދު އިރުމައްޗާއި، އެފްރިކާގެ އިތުރުން އަދި އޭޝިޔާގައި ހުރެއެވެ.



މި ބްރޭންޑް ރާއްޖެއަށް
ތަޢާރަފްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ
ސީ.އީ.އޯ އިބްރާޙިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މިއީ ދިވެހި
އޮޑިވެރިންނާއި، އޮޑިފަހަރު ބަންނަ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަމެއް
ގެނެސްދީ، މަސައްކަތަށް އިތުރު ކުރިއެރުމެއް ގެނައުމަށް ތަޢާރަފް ކުރެވިގެންދިޔަ
އުފެއްދުމެއްކަމަށެވެ.



މިގޮތުން ސްކޮޓް ބާޑާ ރާއްޖެއަށް
ތަޢާރަފްކުރުމުގެ ބޭނުމަކީ އޮޑިދޯނި ފަހަރުބަނުމުގެ ސިނާޢަތު މިހާރު އޮތް
ހަރުފަތުން އެހެން ހަރުފަތަކަށް ގެންދިޔުންކަމަށާއި ސްކޮޓް ބާޑާގެ ސަބަބުން
އޮޑިދޯނިފަހަރު ބަނުމަށް ބޭނުންކުރާ މޮޅު ކޮލިޓީގެ ރޭސިންގ ލިބިގެން ދިޔުމަކީ މި
ސިނާޢަތަށް ލިބިގެންދާ ފަސޭހައެއް އަދި ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ.



މިއީ ދުނިޔޭގެ މާރކެޓްގައި މިހާރު
ލިބެންހުރި އެންމެ މޮޅު ކޮލިޓީގެ ރޭސިންގކަމަށާއި، އޮޑިދޯނިފަހަރު ބަންނަ
ފަރާތްތަކަށް މި ޕްރޮޑަކްޓް ހެޔޮއަގުގައި ލިބިގެންދާނެކަމަށްވެސް އެމް.ޓީ.ސީ.ސީގެ
ސީ.އީ.އޯ އިބްރާޙިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.



ސްކޮޑް ބާޑާ ރާއްޖެއަށް
ތަޢާރަފްކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު
ޝައިނީއާއި އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯގެ އިތުރުން ސްކޮޓް ބާޑާރގެ ސީ.އީ.އޯއެވެ.



އެމް.ޓީ.ސީ.ސީން ވަނީ މިދިޔަ
އަހަރު އޮޑިވެރިންނަށް ހައްލު ޔަޤީންގެ ނަމުގައި އިސްލާމިކް ފައިނޭންސްގެ އުސޫލުން
ޔަމަހާ އަދި ސުޒުކީ ބްރޭންޑްގެ އިންޖީނު، ދިގު މުއްދަތަކަށް ބަހާލައިގެން
ފައިސާދެއްކޭނެ ނިޒާމްވެސް ތަޢާރަފްކޮށްފައެވެ. އަދި ރާއްޖޭގެ އެކި އަތޮޅުތަކުގައި
އެ ކުންފުނި ތަމްސީލުކުރާ އިންޖީނިއަރުންނާއި އޭޖެންޓުން ޤާއިމްކޮށްފައެވެ. މީގެ
އިތުރުން ފަސްދޮޅަސް ހޯސްޕަވަރުގެ ކުޑަ އިންޖީނުވެސް އެކުންފުނިން ވަނީ
ތަޢާރަފްކޮށްފައެވެ.