ސަޢޫދީ އަރަބިއްޔާއާއި އީރާނާއި ދެމެދު މިހާރު އުފެދިފައިވާ ޑިޕްލޮމެޓިކް
އަރާރުންތަކުގެ އަސަރު ސޫރިޔާގެ ސުލްހައިގެ ވާހަކަތަކަށް ކުރާނެކަމަށް އީރާނުން
ބުނެފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ޙުސައިން ޢަބްދުލްއަމީރު އައްލީހާން
ވިދާޅުވީ ސަޢޫދީ އަރަބިއްޔާއާއި އީރާނާއި ދެމެދުގައި މިހާރު އުފެދިފައިވާ ޑިޕްލޮމެޓިކް
އަރާރުންތަކަކީ ސަޢޫދީގެ ސަބަބުން އުފެދުނު އަރާރުންތަކެއްކަމަށާއި މިކަމުގެ
ނޭދެވޭ އަސަރު ސޫރިޔާގެ ސުލްހައިގެ ވާހަކަތަކަށް ކުރުމަކީ އެކަށީގެންވާކަމެއްކަމަށެވެ.
ސަޢޫދީ އަރަބިއްޔާއާއި އީރާނަކީ ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުގައި އިސް
ދައުރެއް އަދާކުރާ ދެ ޤައުމެވެ.
ސަޢޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރުވަނީ އެ ޤައުމާއި އީރާނާ ދެމެދު
އުފެދިފައިވާ ޑިޕްލޮމެޓިކް އަރާރުންތަކުގެ ނޭދެވޭ އަސަރު ސޫރިޔާގެ ސުލްހައިގެ
ވާހަކަތަކަށް ނުކުރާނެކަމަށް ވިދާޅުވެފައެވެ.