ޚަބަރު

ޤާނޫނެއް ތަސްދީޤް ކުރެއްވިކަމަށް ވިދާޅުވީ ލިޔުމުގައިވާ ކުށަކުން


ކައިވެނި ރޫޅުމުން، ދެމަފިރިން އެކުގައި
މަސައްކަތްކޮށްގެން ހޯދާފައިވާ މުދާ ބަހަން ޖެހޭ ގޮތަށް އާއިލާއާއި ބެހޭ ގާނޫނަށް
ހުށައަޅާފައިވާ އިސްލާހް ތަސްދީގްކުރެވި
ތަންފީޒް ކުރަން ފަށާފައިވާކަމަށް ރޭ ބޭއްވި ޕީޕީއެމް ޖަލްސާގައި
ރައީސުލްޖުމްހޫރިއްޔާއަށް ވިދާޅުވެވުނީ ލިޔުމުގައިވާ ކުށަކުންކަމަށް ރައީސުލްޖުމުހޫރިއްޔާގެ
އޮފީހުން ވިދާޅުވެއްޖެއެވެ.



ރައީސް އޮފީހުގެ ތަރުޖަމާން
އިބްރާހީމް މުޢާޒް އަލީ ވިދާޅުވީ، އެގާނޫނު މިހާރު ވަނީ މަޖިލީހުގެ ކޮމެޓީގައި
ކަމަށެވެ.



މުއާޒް ވިދާޅުވީ އައިލާއާއި ބެހޭ
ގާނޫނަށް ގެންނަ އިސްލާހް މަޖިލީހުގެ ކޮމެޓީގައި އޮތް ނަމަވެސް އާއިލާ ރޫޅުމުން
ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކައިވެނި ކުރުމުގެ ކުރިން ސޮއި ކުރަންޖެހޭ
އެއްބަސްވުމާމެދު  ހޭލުންތެރި ކުރުމުގެ
ޕްރޮގްރާމެއް ދެޖިންސުގެ ޒުވާނުންނަށް ހިންގިފައިވާކަމަށެވެ. އަދި މި
ޕްރޮގްރާމްގައި މިހާތަނަށް ސާޅިސް ހަތް މީހުން ބައިވެރިވެފައިވާކަންވެސް އެނާ
ފާހަގަކުރެއްވިއެވެ.