ޚަބަރު

އަލިފާނުގެ ޙާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ


މިދިޔަ ބުރާސްފަތި ދުވަހު ގދ.ރަތަފަންދޫގައި ހިނގި އަލިފަނުގެ ޙާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެއެވެ.

އެމީހާ ނިޔާވެފައިވަނީ އެޙާދިސާގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށްކަމަށް މަޢުލޫމާތު ލިބެއެވެ.

މިއަލިފާނުގެ ޙާދިސާ ހިނގަފައިވަނީ ގޭސް ލީކުވެފައިވަނިކޮށް އުނދުން ރޯކުރަން އުޅުމުގެ ތެރޭގައިކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުނެއެވެ. ޙާދިސާއާއި ގުޅިގެން ހަށިގަނޑުގެ ބޮޑުބައެއް ފިހުމާއި ގުޅިގެން އިތުރު ފަރުވާއަށް އަންހެން މީހާ މާލެ ގެނެސްފައިވަނީ ބުރާސްފަތި ދުވަހުގައެވެ.