ޚަބަރު

"ހިޔާނާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން"


މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއަރްސީން)ގެ ޚިޔާނާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މާލޭ ހުޅަނގު ފަރާތު ހެދިގޮޑުދޮށް ހުޅުއްވާދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ދިވެހިރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ޚިޔާނާތްކަމަށެވެ. އަދި މި މައްސަލަ ސަރުކާރުން ބައްލަވާ އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަދުވަހު އޭރުގެ ވެރިކަން ބަދަލުވި ހާދިސާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ދުވަހަކީ ތާރީޚު ބަދަލުވެގެން ދިޔަ ދުވަހެއްކަމަށެވެ. އަދި އެދުވަސް މާޒީވެގެންދިޔަކަމަށް ހީފުޅުކުރެއްވިނަމަވެސް މިއަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަސްވެސް އަލިވިލިގެންދިޔައީ ނުރައްކާތެރިކަމާއި ބިރުވެރިކަމުގެ ރޭވުންތަކުގެ ތެރެއިންކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިއަދުވެސް މި އުޅެނީ ދެހާސްބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަދުވަހުގެ ދިލަޖެހުން ދަތުރުކޮށްފައިވާ ދުރުމިނުން ބައިނަލްއަޤްވާމީ އެކި އެކި މުޖްތަމައުތަކާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ރާއްޖެއާއި މެދު އޮތް ޝައުޤުވެރިކަން ނުހުއްޓިގެންކަމަށެވެ. އެހެންނަމަވެސް ދިވެހިންގެ ކަންކަން ހައްލުކުރަން ބޭރު މީހުން ބައްސަން ނުޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ދިވެހިން ހޯދާނީ ދިވެހި ޤާނޫނުގެ ތެރެއިން ދިވެހިންގެ އެތެރޭގެ ހައްލުކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.