ޚަބަރު

ޒެންޑާޔާ އާއި ޓޮމް ހޮލަންޑް ކައިވެނި ކުރަން އުޅޭކަމުގެ އަޑުތަކެއް


ރައްޓެހިވެގެން އުޅޭތާ އަހަރެއްހާ ދުވަސްވެފައިވާ ހޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ޓޮމް ހޮލަންޑާއި ޒެންޑާޔާ ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާތަކުން ބުނިގޮތުގައި މި ދެ ތަރިން މިހާރު އެ މީހުންގެ ގުޅުމާއި މެދު ވަރަށް ސީރިއަސް ކަމަށާއި، މިހާރު ވެސް ކައިވެނީގެ ޕްލޭންތައް ކުރިއަށްދާ ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ ޓޮމް އާއި ޒެންޑާޔާގެ ކައިވެނި ފެނިގެން ހިނގައިދާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް މިކަމާއި ބެހޭ ގޮތުން ދެ ތަރިން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމަކު ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ޓޮމް ބުނީ ކައިވެނިކޮށް ދަރިން ހޯދުމަކީ ވަރަށް ބޮޑު ޕްލޭނެއް ކަމަށެވެ.

ޓޮމް އާއި ޒެންޑާޔާ ވަނީ "ސްޕައިޑަ-މޭން" ގެ 3 ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އާއި 2019 ވަނަ އަހަރު ދެއްކި "ފާ ފްރޮމް ހޯމް" ގެ އިތުރުން 2017 ވަނަ އަހަރު ދެއްކި "ހޯމްކަމިން" އެވެ.

އެމެރިކާގެ ބަތަލާ ޒެންޑާޔާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޗެލެންޖާސް" އާއި "ޑޫން: ޕާޓް ޓޫ" ހިމެނެ އެވެ. މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން "އެންޗާޓާޑް" ގެ ތަރި ޓޮމްގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ އެމެރިކާގެ ކުރީގެ ފަންނާނު ފްރެޑް އެސްޓެއާގެ ބައޮގްރަފިކަލް ޑްރާމާއެވެ.