ބޮޑެތި ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް މަޑުޖެހޭނީ އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލިކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ބުނެފިއެވެ.
އައިއެމްއެފްއިން ބުނި ގޮތުގައި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާ ހިމެނޭހެން ޖީ20 ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ގޯސްވާނީ އިނގިރޭސިވިލާތުގެ އިގްތިސާދުނަމަވެސް އިގްތިސާދު މަޑުޖެހޭނީ ކުރިން ލަފާކުރި މިންވަރަށްވުރެ ކުޑަކޮށެވެ.
އައިއެމްއެފްއިން ކުރިން ލަފާކޮށްފައި އޮތީ އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލި މިއަހަރު ވަރަށް ބޮޑަށް ދަށްވެ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 7 ގައުމުގެ ލިސްޓުގެ އެންމެ ފަހަތަށް ވެއްޓޭނެކަމަށެވެ. އެގޮތުން އެގައުމުގެ އިގްތިސާދީ ދުވެލި މިއަހަރު %0.3 އަށް މިއަހަރު ދަށްވާނެ ކަމަށާއި ނަމަވެސް އަންނަ އަހަރު އެ ގައުމުގެ އިގްތިސާދީ ދުވެލި %1 އަށް ހަލުއިވާނެކަމަށް އައިއެމްއެފް ވަނީ ބުނެފައެވެ.
އައިއެމްއެފްއިން އެންމެ ފަހުން ހެދި އަންދާޒާތައް ދައްކާ ގޮތުގައި އެ ގައުމުގެ އިގްތިސާދީ ދުވެލި މަޑުޖެހޭނީ މީގެކުރިން ހަލުއިވެފައިވާ މިންވަރު ކަމަށްވާ %0.6އަށްވުރެ ކުޑަކޮށެވެ.
އައިއެމްއެފްގެ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލި މަޑުޖެހުމަށް މެދުވެރިވީ ގޭހުގެ އަގު އުފުލުމާއި އިންޓަރެސްޓް ރޭޓް މަތިވުމެވެ.