ދުނިޔޭގެ ވިޔަފާރި

މިދިޔަ 22 އަހަރުތެރޭގައި ބޮޑުނުކުރާ މިންވަރަށް ފެޑެެެރަލް ރިޒާވުން އިންޓްެރެސްޓް ރޭޓް ބޮޑުކޮށްފި


  • އިންޓްރެސްޓް ރޭޓް ވަނީ 0.25 އިންސައްތަ ބޮޑުކޮށްފައި

  • އިންޓްރެސްޓް ރޭޓް 5.25 އިންސައްތައާއި 5.5 އިންސައްތައަށް ވަނީ މަތިކޮށްފައި

މިދިޔަ 22 އަހަރު ބޮޑުނުކުރާ މިންވަރަށް އެމެރިކާގެ މަރުކަޒީ ބެންކު، ފެޑެރަލް ރިޒާވްގެ އިންޓްރެސްޓް ރޭޓް ބޮޑުކޮށްފިއެވެ.

ދެ ދުވަހުގެ މަޝްވަރާތަކަކަށްފަހު އެމެރިކާގެ ފެޑެރަލް އޯޕަން މާކެޓް ކޮމިޓީގެ އިއްތިފާގުން މަރުކަޒީ ބެންކުގެ ބެންޗުމާކު އިންޓްރެސްޓް ރޭޓް ބޮޑުކުރުމަށް ނިންމިކަން އިއުލާންކުރީ ބުދަދުވަހުއެވެ. އެގޮތުން ފެޑެރަލް އޯޕަން މާކެޓް ކޮމިޓީން ވަނީ މަރުކަޒީ ބެންކުގެ އިންޓްރެސްޓް ރޭޓް 5.25 އިންސައްތައާއި 5.5 އިންސައްތައަށް މަތިކޮށްފައެވެ. މިއީ އިންޓްރެސްޓް ރޭޓް ކުރިން ހުރި މިންވަރަށްވުރެ 0.25 ބޭސިސް ޕޮއިންޓް އިތުރު އަދަދެކެވެ.

ސުމެއް އިންސައްތައިގައި ހުރި އެމެރިކާގެ ބެންޗުމާކު އިންޓްރެސްޓް ރޭޓް ފެޑެރަލް ރިޒާވުން ބޮޑުކުރަން ފެށީ މިދިޔަ އަހަރުގެ މާޗުމަހުން ފެށިގެނެވެ.

ފެޑެރަލް ރިޒާވުން އިންޓްރެސްޓް ރޭޓްތައް ބޮޑުކުރި މައިގަނޑު ސަބަބަކީ އެ ޤައުމުގައި އުފުލެމުންދާ އިންފްލޭޝަން ތިރިކުރުންކަމަށް އެ އިދާރާއިން ބުނެއެވެ. އެގޮތުން މީގެކުރިން އިންޓްރެސްޓް ރޭޓްތަކަށް ގެނައި ބަދަލާއެކު ފެޑަރަލް ރިޒާވުން ބޭނުންވާ އަމާޒާއި ހަމައަށް އިންފްލޭޝަން ރޭޓް ތިރިވަމުންދާކަމަށްވެސް ހަބަރުތައް ބުނެއެވެ.