ޚަބަރު

ފަތުރުވެރިކަމަށް އިތުރު 2723 އެނދު ނެރެފި


  • ފަތުރުވެރިކަމަށްވަނީ 62348 ނެރެފައި

  • މިއީ 1266 ފެސިލިޓީއަކުން

  • އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުންދާ އެނދުގެ އަދަދުވަނީ 62348 އަރާފައި

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް އިތުރު 2723 އެނދު ނެރެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދުހުރީ 59625 ގައެވެ. އަދި މިހާރު މިއަދަދުވަނީ 62348 އަށް އަރާފައެވެ. މިއީ 2723 އެނދުގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަމަށް ނެރެފައިވާ 62348 އެނދަކީ، 1266 ފެސިލިޓީއަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދެވެ.

ފަތުރުވެރިކަމުގެ ފެސިލިޓީތަކުން ނެރެފައިވާ އެނދުގެ އަދަދުތައް:

• 172 ރިސޯޓަކުން 42159 އެނދު
• 918 ގެސްޓުހައުސްއަކުން 15068 އެނދު
• 162 ސަފާރީއަކުން 3181 އެނދު
• 14 ހޮޓަލުން 1940 އެނދު

ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ފަތުރުވެރިކަމަށް ރަޖިސްޓްރީކޮށް، އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުންދާ އެނދުގެ އަދަދުވަނީ 62348 އަށް އަރާފައެވެ. މި އަދަދު މިދިޔަ އަހަރު ނިމުނުއިރު ހުރީ 60521 ގައެވެ.

ރާއްޖެއިން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ދަނީ ކުރިއެރުން ލިބެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1404320 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 13.9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.2 މިލިއަން ފަތުރުވެރިންނެވެ.