އިސްރާއީލުން ފަލަސްތީނުގެ ގެތަކެއް ތަޅައި ބިމާހަމަކޮށްލައިފިއެވެ.
މަންޒަރުދުށް މީހުން ބުނީ ހުޅަނގު އައްސޭރީގެ ޖަނީންގެ ދެކުނުގެ ޤުބާތިއްޔާ އަވަށުގައިވާ ތިން ގެއެއް އިސްރާއީލު ސިފައިންގެ ބުލްޑޯޒަރ ތަކުން ތަޅައި ބިމާހަކޮށްލާފައިވާކަމަށެވެ. އިސްރާއީލު ސިފައިން މިޖަރީމާ ހިންގީ ރޭ ފަތިހު އެސަރަޙައްދަށް އައިސް އެތިން ގޭގެ މީހުން ގަދަކަމުން ބޭރުކޮށްލުމަށްފަހުގައިކަމަށް ޚަބަރު ލިބެއެވެ.
އިސްރާއީލު ސިފައިން ތަޅާލި މިތިންގެއަކީ މިދިޔަ ފެބްރުއަރީ މަހު ޤުދްސުގައި އިސްރާއީލު ސިފައިންނާ ދެކޮޅަށް ފަލަސްތީނުގެ ޒުވާނުން ހިންގި އިންތިފާޟާގެ ހަރަކާތެއްގައި އަމަލީގޮތުން ބައިވެރިވި ތިން ޒުވާނުން ކަމަށްވާ އަހްމަދު ނާޖިހް އާއި މުހައްމަދު ޙިލްމީއާއި އަހްމަދު ނާޖިހްގެ ގެތަށްކަމަށް ފަލަސްތީނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ. އެޙަރަކާތުގައި އުޅެނިކޮށް އިސްރާއީލު ސިފައިންވަނީ އެތިން ޒުވާނުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.