ޚަބަރު

ޕީޖީގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީޤްކުރައްވައިފި


މިމަހުގެ 4 ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. 

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް މި ގެނެވުނު އިޞްލާޙާ ގުޅިގެން، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އެކަކަށްވުރެ ގިނަ މީހުން ޢައްޔަންކުރެވޭނެއެވެ. އެޤާނޫނު ކުރިން އޮތް ގޮތުން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރެވެނީ އެންމެ ބޭފުޅެކެވެ.