ޚަބަރު

އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގުން


އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ޖިމްގައި ކުޑަ އަލިފާނުގެ ޙާދިސާއެއް ހިނގައި އެކަން ކޮންޓްރޯލް ކުރެވިއްޖެއެވެ.

އަލިފާންގަނޑެއް ގޮތަށް އެތާނގައި ރޯނުވާކަމަށާއި އެހެން ނަމަވެސް ދުންއަރަން ފެށިކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ އެތާގެ މުވައްޒަފުން މާސްކް އަޅައިގެން ޖިމްގެ ތެރެއަށް ވަދެ، އެތަން ރަނގަޅަށް ބަލަމުން އަންނަކަށާއި އަލިފާން ރޯވި ސަބަބު އަދި އެނގިވަޑައިނުގަންނަވާ ކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.