ބަންގްލަދޭޝްގެ ސަރުކާރުން އެމްއެންޑީއެފަށް އަސްކަރިއްޔާއަށް ޚާއްޞަކުރެވިފައިވާ ޕިކަޕަކާއި ޖިޕެއް ހަދިޔާކޮށްފިއެވެ. img:http://s2.psmnews.mv/images/660x400/14622883646959.jpg|ބަންގްލަދޭޝް ސަރުކާރުން އެމްއެންޑީއެފަށް އެއްގަމު އުޅަނދު ހަދިޔާކުރުން - ފޮޓޯ: އެމްއެންޑީއެފް
މިއަދު މެންދުރުފަހު ބަންޑާރަ ކޮށީގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި 2 އުޅަނދު އެމްއެންޑީއެފްއާ ޙަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސްގެ ދަޢުވަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ބަންގްލަދޭޝް އާރމީގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ސައްބީރު އަޙްމަދެވެ. އެމްއެންޑީއެފްގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމެވެ. img:http://s1.psmnews.mv/images/660x400/14622883776099.jpg|ބަންގްލަދޭޝް ސަރުކާރުން އެމްއެންޑީއެފަށް އެއްގަމު އުޅަނދު ހަދިޔާކުރުން - ފޮޓޯ: އެމްއެންޑީއެފް
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަކައިގައި، ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ބަންގްލަދޭޝްގެ ސަރުކާރަށާއި އަސްކަރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ޚާއްޞަ ދަޢުވަތަކަށް ރޭ ރާއްޖެ ވަޑައިގެންނެވި ބަންގްލަދޭޝް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު މިއަދު ވަނީ ބަންގްލަދޭޝްގެ އާރމީގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ސައްބީރު އަޙްމަދާ ބައްދަލުކުރައްވާފައިވެއެވެ. img:http://s2.psmnews.mv/images/660x400/14622883950399.jpg|ބަންގްލަދޭޝް ސަރުކާރުން އެމްއެންޑީއެފަށް އެއްގަމު އުޅަނދު ހަދިޔާކުރުން - ފޮޓޯ: އެމްއެންޑީއެފް
މި ބައްދަލު ކުރެއްވުމުގައި 2 ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭ ގޮތުންނާއި އަދި އަސްކަރީ ދާއިރާއިން މީހުން ތަމްރީނު ކުރުމާބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރެއްވިއެވެ. img:http://s2.psmnews.mv/images/660x400/14622884081531.jpg|ބަންގްލަދޭޝް ސަރުކާރުން އެމްއެންޑީއެފަށް އެއްގަމު އުޅަނދު ހަދިޔާކުރުން - ފޮޓޯ: އެމްއެންޑީއެފް