ޚަބަރު

އައްޑޫ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދިޔަގޮތުގެ ޓެކްނިކަލް އެސެސްމަންޓެއް ހަދަނީ


  • މަގުހެދުމުގައި ޔުޓިލިޓީ ނެޓްވޯކްގެ މައްސަލަތައް ވަނީ ފެންމަތިވެފައި

  • ވުޒާތާއިން ދަނީ މައްސަލަތައް ދިމާވި ސަބަބު ދެނެގަންނަމުން

  • އައްޑޫގައި 100

އައްޑޫގެ މަގުތައް ތަރައްޤީކުރަން ކުރިއަށްގެންދާ މަޝްރޫޢުގައި ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށް ދިރާސާތަކެއް ހަދަމުންދާކަމަށް ޢިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ އެތެރޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެނެވެ. މި މަޝްރޫޢުގެ ދަށުން 100 ކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި ތާރު އަދި ގައު އަތުރައިގެން ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

އެއް ބިލިއަން ރުފިޔާގެ މަޝްރޫޢުގައި މަގުތައް ހެދުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ޤާއިމްކޮށް މަގު ބައްތި ޖަހައި ކެމެރާ ސީސީޓީވީ ނެޓްވޯކަކުން ގުޅާލުންވެސް ހިމެނެއެވެ.

މަޝްރޫޢުގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ނަމަވެސް މި މަޝްރޫޢުގައި ބައެއް މައްސަލައް ފާހަގަކުރެވެމުންދާކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ނަމަވެސް ޓެކްނިކަލް މައްސަލަތަކުގެ ތަފްސީލް ނުދެއްވައެވެ. މަޢުލޫމާތު ލިބޭގޮތުގައި އައްޑޫ މަގުހެދުމުގައި ޔުޓިލިޓީ ނެޓްވޯކްތައް ހަދާފައިހުރިގޮތުން މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

އެ ވުޒާރާއިން ވިދާޅުވީ، އައްޑޫގެ މަގުތައް ތަރައްޤީކުރުމުގައި މައްސަލަތައް ހުރިކަން ފާހަގަވެފައިވާތީ، އެކަމުގެ ތަފްސީލްތައް ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން ވުޒާރާގެ ޓީމްތައް މެދުވެރިކޮށް، މަޝްރޫޢު ހިންގާފައިވާގޮތުގެ ޓެކްނިކަލް ދިރާސާއެއް ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާ އެކަމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ޢިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީ މަގުތައް ހެދުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫޢު ނިމުމުން، އައްޑޫގެ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވައްސެއް ފައްޓަވާނެކަމަށް އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވެއެވެ. އަދި 2003ވަނަ އަހަރު ތަރައްޤީކޮށްފައިވާ އައްޑޫ ލިންކް ރޯޑް، ފުޅާކޮށް އަލުން ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެކަންވެސް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.