ކުޅިވަރު

ވީއޭއެމް ކަޕް: ސީޓީ ފްރެންޑްސް 3-0 ފްލެކްސަރ


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގައި ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ފްލެކްސަރ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮއްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ފްލެކްސަރ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުގައި ފްލެކްސަރ ކާމިޔާބުކުރީ 25–11، 25–22 އަދި 25-17 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފްލެކްސަރ ފައްސޭހަކޮށް ގެންދެވުނު ނަމަވެސް ފަހު ދެސެޓުގައި ސިޓީ ފްރެންޑްސް ވަނީ ރަނގަޅު ވާދައެއް ކޮއްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފްލެކްސަރގެ ބިދޭސީ ކުޅުންތެރިޔާ ޕަރަސަމޯންގްއެވެ.