ޚަބަރު

ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 2 އަންހެނުން

  • އެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި

ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުޑަ ކުއްޖަކަށް އަނިޔާ ކުރިކަމުގެ މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މަހުގެ ފަސްވަނަ ދުވަހު، ހުޅުމާލޭގައި ހުންނަ ކްލިނިކަލަށް ތެރެޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އިންޑިއާގެ ދެ އަންހެނުންނެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ރަޖޭޝްވަރީ ސިވާކުމާރް، 24 އާއި 24 އަހަރުގެ އީޝާ އެންޓޮންނޭޓް ނަމަކަށް ކިޔާ އަންހެނެކެވެ. ފުލުހުން ވިދާޅުވީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.