ޚަބަރު

ހިނިތުންވުމާއެކު މަރުޙަބާކިޔުމަކީ ދިވެހިންގެ ޚާއްސަ ސިފައެއް


  • ދިވެހިންނަކީ އަބަދުވެސް ހިނިތުންވުމާއެކު މުއަމަލާތުކުރާބައެއް

  • ދިވެހިންގެ ސަޤާފަތަކީ ސާދާ ދިރިއުޅުމެއް

ދިވެހި ރާއްޖެއަށް އެވޭލާ ޒަމާނުގައި ޒިޔާރަތްކުރި ސައްޔާހުން ސިފަކުރައްވާ ގޮތުން ދިވެހިރާއްޖެއަކީ މެހުމާންދާރީ އަދާކުރާ ހިތްހެޔޮ ބަޔަކު ދިރިއުޅުނު ތަނެކެވެ. ތާރީޚު ހެކިދިން ހަޤީޤަތަކީ ދިވެހިންނަކީ ރަށަށް އަރާ މެހުމާނުންނަށް ހިތްހެޔޮ ބައެއްކަމެވެ.

ބީރަށްޓެއްސަކަސް، ރައްޓެއްސަކަސް، މަގުމަތިން ދިމާވިޔަސް، އަތިރިމަތިން ދިމާވިޔަސް އެންމެ ފުރަތަމަ މަރުހަބާ ކިޔަނީ ހިނިތުންވުމަކުންކަމެވެ. މިއީ އެޒަމާނުގެ ސައްޔާތުން ދިވެހިން ސިފަކޮށް ދަތުރުނާމާތަކުގައި ލިޔެފައިވާ ގޮތެވެ.

ދިވެހިންގެ ސަޤާފަތަކީ ސާދާ ދިރިއުޅުމެވެ. ދިވެހިން ދިވެހީންނަށް ވަނީ ދިވެހިންގެ ރަށުވަންތަ އޯގާތެރި ސާދާ ދިރިއުޅުމެވެ. ޒަމާންތައް ވޭތުވެގެން ދިޔަނަމަވެސް ދިވެހިންގެ ދިވެހިވަންތަ މި ސިފަތަކަކަށް ބަދަލެއް ނާދެއެވެ. ދިވެހިންނަކީ ނުދަންނަ މީހަކު ފެނުނަނަމަވެސް ހިތްހެޔޮކަމާ ހިތުންވުން ދައްކާ ބައެކެވެ. ބީރައްޓެހިންނަށްވާތީ މޫނު އިސްދަށަށް ޖަހާލުމަކީ ދިވެހިންގެ ފިޠުރަތުގައި ހުންނަ ސިފައެއް ނޫނެވެ. ދިވެހީން ދިވެހިންނަށްވަނީ ހިތްހެޔޮކަމާ ހިނިތުންވުމުގެ ރީތި ސިފަތަކާއެކުގައެވެ.

ދިވެހިރާއްޖޭގައި 1972ވަނަ އަހަރު ވަރަށް އާދައިގެ ގޮތަށް ފެށުނު ފަތުރުވެރިކަން ކުރިއަރައިގޮސް ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ ވުމުގެ މައިގަނޑު ސަބަބަކީ ދިވެހިންގެ ހިތްހެޔޮކަމާ ހިނިތުންވުމެވެ. ހަގީގަތުގައި ދިވެހިންގެ ފަތުރުވެރިކަމުގެ ބިންގަލަކީ އެކުވެރިކަމާ ހިތްހެޔޮކަމާއި ދިވެހި މާހައުލުގެ ސާފުކަމެވެ. ދިވެހީންގެ މޫނުމަތިން ފަތުރުވެރިންނަށް ފެންނަ ހިނިތުންވުން އެމީހުންނަށް މަޖުބޫރުކުރަނީ ދެވަނަ ފަހަރަށް ދިވެހިރާއްޖެއަށް އައުމަށެވެ. އެ ހިނިތުންވުން އެމީހުންނަށް ދައުވަތު ދެނީ ދިވެހިރާއްޖެގެ ހަމަހިމޭން ހިތްފަސޭހަ މާހައުލުގައި އަދި އެއްފަހަރު ޗުއްޓީ ހޭދަކޮށްލުމަށް އައުމަށެވެ.

ދިވެހިންގެ ހިތްހެޔޮކަމާ ދިވެހީންގެ މޫނުމަތިން ފެންނަ ހިނިތުންވުމުން ފަތުރުވެރިކަން ކުރިއަރަމުންދާކަމުގެ އަނެއް ހެއްކަކީ ރާއްޖޭގެ ރަށްރަށުގައި ކުރިއަރަމުން އަންނަ ލޯކަލް ޓުރައިޒަމްއެވެ. ދިވެހީން ދިރިއުޅެމުން އަންނަ ރަށްރަށުގައި ފަތުރުވެރިކަން ފުޅާވަމުން އަންނަނީ ފަތުރުވެރިންނަށް އެރަށްރަށުން ފެންނަ މެހުމާންދާރީގެ ފުރިހަމަކަމުންނެވެ. ރަށަށް އަންނަ ބީރައްޓެހި ފަތުރުވެރިން އެރަށްރަށުގައި އުޅެނީ ރަށްޓެހި މާހައުލެއްގައެވެ.

މަގުމަތިން ދިމާވާ ދިވެހިންގެ މޫނުމަތިން ފެންނަ ހިތުންވުމާ، އެމީހުންގެ ހިތްހެޔޮކަމަކީ މިއީ ތިމަންނަގެވެސް ރަށޭ ފަތުރުވެރިންނަށް ހީވާ ކަންކަމެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅެނީ ވަކިވަކި ރަށްތަކެއްގައެވެ. އެއްރަށް އަނެއްރަށާ އޮންނަނީ ވަކިންނެވެ. ދެމެދުގައި އޮންނަނީ ފުން ކަނޑެވެ. ނަމަވެސް މި ދުރުކަން ދިވެހިންގެ ތެރެއިން ނުފެނެއެވެ. ބީރަށްޓެހި ރަށަކަށް އެރިޔަސް އެ ރަށެއްގައި ދިރިއުޅޭ މީހުންގެ ފަރާތުން ފެންނަނީ އެއްބަނޑު އެއްބަފާ ޚުލްގެކެވެ. ނުދަންނަ ބީރަށްޓެއްސެއްގެ ގެޔަށް ބޭނުމަކު ޖެހިގެން ގޮސް ވަންނާން ނުކެރި ހުންނާކަށް ނުޖެހެއެވެ. ބޭނުމެއް ޖެހިގެން އަނެކާގެ ކިބައިން އެހީއަކަށް އެދެފިނަމަ އެހީތެރިވުމަކީ ދިވެހި ކާބަފައިންގެ ކިބައިން ދިވެހިންނަށް ވާރުތަވެފައިވާ އަގުމާތް ހަދިޔާއެކެވެ.

ދިވެހިންގެ އެކުވެރިކަމާ ހިތްހެޔޮކަމާ ހިނިތުންވުމުގެ އަސާސަކީ އިސްލާމްދީނެވެ. ދިވެހިންގެ ތަރުބިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ މާތް ތަރުބިއްޔަތެވެ. ދިވެހިން ޤަބޫލުކުރަނީ އިސްލާމްދީން އުނގަންނައިދީފައިވާ ގޮތަށް ހިނިތުންވުމަކީ ޞަދަގާތެއްކަމެވެ. މުސްލިމުންނަކީ އެއްބަނޑު އެއްބަފާ ބަޔަކަށްވީތީ އެއް އަޚަކު އަނެއް އަޚަކަށް އޯގާތެރިވާންޖެހޭކެމެވެ. ތިމާގެ މުސްލިމު އަޚާޔަށް ހިތްހެޔޮވުމަކީ އީމާންކަން ވަރުގަދަވާނެކަމެއްކަން ދިވެހިން ދަނެއެވެ.

އެހެންކަމުން ދިވެހީންނަކީ ހިތްހެޔޮ އޯގާތެރިބައެކެވެ. އަނެކާޔާ ކުރިމަތިލާއިރު ހިނިތުންވުމާއެކު މަރުހަބާކިޔުމަކީ ދިވެއްސެއްކަމުގެ ނިޝާނެކެވެ.