ޚަބަރު

50 މޭލަށް ވައިބާރު، ކަނޑުދަތުރުކުރުމުގައި ސަމާލުވޭ!


ވިލާގަނޑުގައި 50 މޭލަށްވައި ބާރުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފަވާތީ، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައިފިއެވެ.

މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 2 ދުވަހު ވެސް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށާއި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވަނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ. ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީގެން ދަތުރަށް ނިކުތުމަށް އެމްއެންޑީފުން ވަނީ އިރުޞާދު ދީފައެވެ.

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ. އަދި ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކުރުމަށް ވަނީ އެދިފައެވެ. މިގެއިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށްވެސް ވަނީ އިލްތިމާސުކޮސްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި ކަނޑުތައް ގަދަވާ ވަގުތު ރާޅުގެ އުސްމިން 4 ފޫޓާ 7 ފޫޓަށް އަރާނެއެވެ. އާއްމުގޮތެއްގައި ހުރިހާ ހިސާބެއްގައިވެސް ކަނޑުތައް ގަދަވާނެއެވެ.