ތިލަދުންމަތީ އިތުރުބުރީ ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަރްޑީސީއަ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢުއަށް 77.1 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އިމާރަތް ކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ.
ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އާރް. ޑީ. ސީ އާއި އެކު ސޮއިކުރުން.
— Ministry of Construction, Housing & Infrastructure (@MoCImv) August 10, 2025
މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދުއެވެ. އަދި، ރޯޑް… pic.twitter.com/4Qbg7vdLA5
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ކުންްފުނިތަކާ ހަވާލުކުރަމުންނެވެ. މިގޮތުން ދާދިފަހުން ވަނީ ކުޅުދުއްފުށީ ސިޓީގެ މަގުތައް ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތާއި އިތުރު 7 އަތޮޅުގެ 11 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި އާރްޑީސީއާ ހަވާލުކޮށްފައެވެ.