ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުުމަތުކުރެވޭ 4 މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ޢަމުރުކޮށްފިއެވެ.
މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން މިމީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ.
- މއ.އެވަރގްލޯރީ، ކ.މާލެ / އަހުމަދު އާރިފް (61އ)
- ދިގަލި، ބ.އޭދަފުށީ / މުހައްމަދު ވަހީދު (65އ)
- ހ.ނިއު ހެޕިނެސް، މާލެ / މުއާޒު އަލީ (48އ)
- މެދުރީގެ، ހދ. ވައިކަރަދޫ / ޒިވާރު އިސްމާއިލް (40އ)
މިމީހުންގެ ތެރެއިން އަހުމަދު އާރިފް އާއި، ޒިވާރު އިސްމާއިލް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިމައްސަލާގައި ހިމެނޭ މުހައްމަދު ވަހީދު 10 ދުވަހަށް އަދި މުއާޒު އަލީ 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މިމައްސަލައިގެ ތަހުޤީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މިކަން ރާވައި ހިންގުމގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ 4 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭގައި 2 ވިޔަފާރިިވެރިޔަކާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ހިމެނޭކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅޭ އޮޕަރޭޝަނެއް މިރޭވެސް ކުރިއަށްދާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.