ށ. މަރޮށި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މަރޮށި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅަފައިވަނީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މަރޮށި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބްދުالله ރާފިއުއާއި ކޮމަންޑޫ ދާއިރާގެ މެންބަރު އަދި މަރޮށި ކައުންސިލްގެ ރައީސް އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓ) މުޙައްމަދު ނަޖާހެވެ.
މަރޮށި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްގީކުރާ ސެންޓަރެކެވެ. މިތަން ތަރައްޤީކުރާނީ އޮފީސްބަޔަކާއި ކްލާސްރޫމާއި މިޓިންގރޫމެއް ހިމެނޭ ގޮތަށެވެ.