ޚަބަރު

އެއަރޕޯޓު އިތުރަށް ތަރައްޤިކުރުމާއެކު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފުނަދުއަށް


ފުނަދޫ އެއަރޕޯޓުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑުކުރުމަށް ފަންނީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރަމުންގެންދާކަމަށާއި ރޭގަނޑު ފްލައިޓް ޖެއްސުމުގެ އިންތިޒާމުތައް މިއަހަރު ނިމުމުގެ ކުރިން ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ށ. ފުނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ އެރަށުގެ ތަރައްޤީއަށް އެކި މަޝްރޫޢޫތައް ކުރިއަށް ގެންދިޔުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ. މި މަޝްރޫޢޫތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫޢޫތަކަކީ ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢޫތަކެއްކަމަށާއި އެ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފުނަދޫގައި ކުރިއަށްގެންދާ ތަރައްޤީގެ އެކި މަޝްރޫޫތައް ކުރިއަށްދާގޮތް ވަރަށް ގާތުން ބައްލަވާނެކަމަށެވެ. އެގޮތުން ފުނަދޫގައި ތަރައްޤިޚުރުމަށް ހަވާލުކުރި 50 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތަކީ ކުރިންވެސް ހަވާލުކޮށްފައި އޮތް މަޝްރޫޫއެއްކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫއު ކުރިއަށް ނުގެންދާތީ އެއްބަސްވުން ބާތިލްކޮށްފައިވާކަމަށެވެ. އަދި މިހާރު އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ކުރިއަށްގެންދާނެ ހުރިހާ ގޮތްތަކެއް ހަމަޖައްސާފަކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ޤައުމީ ފެންވަރުގައ ރަށްރަށުގައި ތަރައްޤީކުރާ އެންމެ ބޮޑެތި ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލްއެއްކަމަށް ވިދާޅުވިއެވެ.

"އެމްއެންޔޫ މަޝްރޫޢުަކީވެސް މުހިއްމު މަޝްރޫޢުއެއް. ސްޕޯތްސް ކޮމްޕްލެކްސް އަކީވެސް އިންޑޯކޮށް ކުޅޭ ހުރިހާ ކުޅިވަރުތައް ހިމެނޭ ކޮމްޕްލެކްސްއެއް. އިސްލާމީ މަރުކަޒަކީ 700 މީހުންގެ ޖާގައިގެ ޒަމާނީ މަރުކަޒެއް. މިހެނ ްގޮސް ކޮންމެ މަޝްރޫޢޫއަކުންވެސް ރަށައް ލިބޭނީ ފައިދާ. މަގު ހެދުމުގެ މަޝްރޫޢޫގެ ތެރެއިންވެސް ބާކީ ހުރި މަގުތައް ހެދުމުން ރަށުގެ ތަރައްޤީއަށް ކުރިއެރުން ލިބޭނެ" ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެއަޕޯޓުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެ މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް ލައިޓް ހަރުކުރުމުގެ މަސައްކަތާއި ޒަމާނީ ފެންވަރުގެ ލައުންޖެއް ތަރައްޤީކުރުމާއި ރެސްޓޯރެންޓްހެދުމާއި ޓާމިނަލްގެ ފެންވަރު މަތިކުރުމުގެ އިތުރުން ބެލްޓް ހަރުކުރުން ފަދަކަންކަން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރޭގަނޑު ފްލައިޓް ޖެއްސުމަށްޓަކައި ލައިޓް ހަރުކުރުމުގެ މަސައްކަތް މިއަހަރު ނިމެންވާއިރަށް ފުރިހަމަކޮށްދެއްވާނެކަމަށެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭގެ ބޮޑުކުރުމަށްޓަކައި ފަންނީ ގޮތުން ގޮތުން ކުރަންހުރި މަސައްކަތްތައް ކުރަމުން ދަކަމަށެވެ.

ރައީސް ވިދާޅުވީ ފުނަދޫއަކީ އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ ލާމަސީލު ރަށެއްކަމަށެވެ. ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވި ކުރެވޭނީ ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީ ގެނެވޭނެގޮތަކަށް ސަރުކާރުތަކުން މަސައްކަތް ކޮށްގެންކަމަށެވެ. އެގޮތުން ވޭތުވެދިޔަ ސަރުކާރުތަކުން އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ މަސައްކަތް އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދެވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ތެރެއިން ކާމިޔާބު އެއް ރަށަކީ ފުނަދޫކަމަށެވެ.

"ކުރިއަށްވެސް އޮޓި އުންމީދީ ދުވަސްތައް. ރައްޔިތުންވެސް ބޭނުންވަނީ އަދިވެސް އާބާދީއާ ތަރައްޤީ އެއްފަސްކުރެވޭނެ ގޮތްތައް ހޯދަން. ސަރުކާރުންވެސް ބޭނުންވަނީ އެގޮތް. އެހެންވީމާ ވަޢުދުވިންބިން ހިއްކުމުގެ މަސައްކަތަށް އިތުރު 30 ހެކްޓަރުގެ ބިން ހިއްކަދޭނެކަމަށް. ބިން ހިއްކުމުގެ މަސައްކަތް ނިމިގެންދާިއރު 30 ހެކްޓަރުގެ ބިން ހިއްކިގެން ދާނެ. އެ ޔަަޤީންކަން އަޅުގަނޑު ދެން. ޔަޤީން ރައްޔިތުން ބޭނުންވާނީ ބޯހިޔާވަހިކަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްުޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ހައުސިން މަޝްރޫއެއް ފުނަދޫގައި ފަށާނެކަމަށެވެ. އަދި އެ މަޝްރޫޢުގެ ދަށުން 300 ހައުސިންގ ޔުނިޓްގެ މަސައްކަތް ބިން ހިއްކާ ނިމުމުން ފަށާނެކަމަށެވެ. އަދި މިހާރު ދޫކުރަން ހުރި ގޯތިތައް ދޫކުރުމަށް ހުއްދަތައް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުނަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ މަސައްކަތް ނިމުމުގެ ކުރިން މިހާރު ހުރި ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް ނިންމާފައިވާކަމަށްވެ. އެގޮތުން ސްޕީޗް ތެރަޕީގެ ޚިދުމަތް މިއަހަރު ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގެ މަސައްކަތުގެ ދަށުން އީއެންޓީ ޑޮކްޓަރެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ފުނަދޫ ސްކޫލްއަށް އޮފީސް ބްލޮކެއް އެޅުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާ އެކަން ކުރާނެ ބަޔަކު ހޯދައި، މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެކަމަށެވެ. އަދި އެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފުޓްސަލްދަނޑާއި ހޭންބޯޅަ ކޯޓުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖޫނިއަރ ކޮލެޖް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނޭހެން އިތުރު މަޝްރޫޢޫތައްވެސް ފުނަދޫގައި ހިންގާނެކަމަށް ވިދާޅުވިިއެވެ