ޚަބަރު

"ރަސްމީ ތަފާސްހިސާބަކީ މައުލޫމާތުދޭ ނިޒާމުގެ ތެރޭގައި ހިމެނޭ އަގުނުކުރެވޭހާ މުހިންމު ވަސީލަތެއް"


  • މިއީ ބައިނަލްއަޤުވާމީ ފެންވަރުގައި މިދުވަސް ފާހަގަކުރާ ހަތަރުވަނަ އަހަރު

  • ދުވަހުގެ ޝިއާރަކީ، "ފެންވަރު ރަނގަޅު ތަފާސްހިސާބާއި ޑޭޓާ އެންމެންނަށް"

ރަސްމީ ތަފާސްހިސާބަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި މައުލޫމާތުދޭ ނިޒާމުގެ ތެރޭގައި ހިމެނޭ އަގުނުކުރެވޭހާ މުހިންމު ވަސީލަތެއްކަމަށް ދިވެހިރާއްޖޭގެ ތަފާސްހިސާބުތަަކާބެހޭ އިދާރާ، އެމްބީއެސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވެއްޖެއެވެ.

ޗީފް ސްޓެޓިސްޓީޝަން އައިޝަތު މިހެން ވިދާޅުވީ، ދުނިޔޭގެ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރުމަށް އެމްބީއެސްއިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުނިޔޭގެ ފެންވަރުގައި ތަފާސްހިސާބުތަކުގެ ދުވަސް ކޮންމެ ފަސްއަހަރަކުން އެއްފަހަރު ފުރަތަމަ ފާހަގަކުރަންފެށުނީ 2010ވަނަ އަހަރުއެވެ. މިގޮތުން މިއީ ބައިނަލްއަޤުވާމީ ފެންވަރުގައި މިދުވަސް ފާހަގަކުރާ ހަތަރުވަނަ އަހަރުއެވެ. މި ދުވަހުގެ ޝިއާރަކީ، "ފެންވަރު ރަނގަޅު ތަފާސްހިސާބާއި ޑޭޓާ އެންމެންނަށް" މިއެވެ.

މި ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ތަފާސްހިސާބުތަަކާބެހޭ އިދާރާ، އެމްބީއެސްއިން މިއަދު ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްބީއެސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ، ރަސްމީ ތަފާސްހިސާބަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި މައުލޫމާތުދޭ ނިޒާމުގެ ތެރެއިން ހިމެނޭ އަގުނުކުރެވޭހާ މުހިންމު ވަސީލަތެއްކަމަށެވެ.

އެހެންނަމަވެސް، މި ވަސީލަތުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ބޭނުންނުކުރެވުމުގެ ސަބަބުން ޤައުމީ ފެންވަރުގައި ގަވައިދުން ތަފާސްހިސާބުތައް އެކުލަވާލުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އައިޝަތު ވިދާޅުވިއެވެ. އެގޮތުން ޕްރައިވެޓް ސެކްޓަރގެ ޑޭޓަރތައް ހޯދުމަށް ދަތިވާކަމަށާއި، މިކަަމަށް ބޭނުންވާ ޓެކްނޮލޮޖީގެ އިތުރުން، އިންސާނީ ވަސީލަތްތަކަށް ބޭނުންވާ ފައިސާ ލިބިފައިނެތްކަން އައިޝަތު ފާހަގަކުރެއްވިއެވެ.

ވުމާއެކު، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކުގެ ނިޒާމު ހަރުދަނާކުރުމުން މިހާރު ހުރި ގޮންޖެހުންތައް ނައްތާލުމަށް އެމްބީއެސްއިން ކުރަމުންދާ މަސައްކަތްތައްވެސް ހިއްސާކުރެއްވިއެވެ.

"ބައިނަލްއަޤުވާމީ ފެންވަރުގައި މިކަމަށް މަގުފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އެގޮތުން ތަފާސްހިސާބުތަކުގެ ޤާނޫނު ޒަމާނީކޮށް، އިންޓަރނޭޝަނަލް ޑޭޓަރތަކުގެ ސިއްރު ހިފެހެއްޓުން ހަރުދަނާކުރުމާއި، ޑިކްޓޭޓަރ އަދި ސިޓިޒަން ޖެނެރޭޓެޑް ޑޭޓަރތައް ބޭނުންކުރުމާއި، އިދާރީ ތަފާސްހިސާބުތައް ބޭނުންކޮށްގެން ރެޖިސްޓަރ ބޭސްޑް ޑޭޓަރތައް އެކުލަވާލުމާއި، މޭޖަރ ސްޓޭންޑަރޑްތައް އިސްލާހުކުރެވިފައިވާކަން ފާހަގަކުރަން." ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވިއެވެ.

ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހާ ގުޅިގެން ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި އެމްބީއެސްއިން ތަފާތު އެކި ޚިދުމަތްތަކަކާއި ތަފާސްހިސާބުތަކެއް ވަނީ އިފްތިތާހްކޮށްފައެވެ. އެގޮތުން، ރާއްޖޭގެ އާބާދީގެ ލަފާކުރާ އަންދާޒާތަކާއި، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ވަޒީފާގެ ބާޒާރުގެ ސަރވޭގެ ނަތީޖާތައް އަދި ކުއާޓަރލީ ޖީޑީޕީގެ ހިސާބުތައް ވަނީ އިފްތިތާހްކޮށްފައެވެ. މީގެ އިތުރުން، ތަފާސްހިސާބުގެ ދާއިރާއިން ކުރެވިފައިވާ މަސައްކަތްތައް ހިމެނޭ ވީޑިއޯއެއްވެސް ވަނީ ދައްކާފައެވެ.

މީގެ އިތުުރުން، މި ރަސްމިއްޔާތުގައި "މޯލްޑިވްސް ޑޭޓަރ ތޯން"ގެ ދެވަނަ ޕްރޮގްރާމު އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ވަނީ އިއުލާންކޮށްފައެވެ. މި ޕްރޮގްރާމަކީ ޑޭޓާ ދިރާސާކުރުމާއި ތަހުލީލުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ތަފާސްހިސާބުތައް އެއްކޮށް އެކުލަވާލުމަށް ބާރުއެޅުމުގެ ގޮތުން އާންމުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލާ ޕްރޮގްރާމެކެވެ.

ހަމަމިއާއެކު، މި ރަސްމިއްޔާތުގައި "ވޮއިސަސް އޮފް ޕީޕަލް" އަދި "ސްޓެޓިސްޓިކަލް ޕޮކެޓްބުކްސް" އާ ގުޅޭ ޕްރެޒެންޓޭޝަންތަކެއް ދެއްކުމާއެކު، "ސަރައުންޑެޑް ޑިބޭޓް" ގެ ޓީޗަރެއްވެސް ވަނީ ދައްކާފައެވެ.

އެމްބީއެސްއިން ވިދާޅުވީ، މި ހުރިހާ ޚިދުމަތްތަކަކީވެސް ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު މަޢުލޫމާތު އެންމެންނަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. އަދި މި ހަރަކާތްތަކުގެ މަޤްޞަދަކީ ތަފާސްހިސާބުގެ މުހިންމުކަން އާންމުންނަށް އިތުރަށް އޮޅުންފިލުވައިދިނުންކަމަށްވެސް ޤައުމީ ތަފާސްހިސާބާއި ބެހޭ އިދާރާއިން ވިދާޅުވެއެެވެ.