ޚަބަރު

އިމާރާތްކުރުމުގެ ދާއިރާގެ ޕްރައިވެޓް ކުނިފުނިތަކާ ގިނަ މަޝްރޫޢުތައް ހަވާލުކުރަނީ


  • 10ވަރަކަށް ދުވަސްތެރޭ ޕްރައިވެޓް ކުންފުނިތަކާ ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރުމަށް ވަނީ ނިންމާފައި

ކުރިއަށްއޮތް 10ވަރަކަށް ދުވަސްތެރޭ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ކުނިފުނިތަކާ ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ކުނިފުނިތަކާ ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ، ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމު ރައްިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤާނޫނާއި ގަވާއިދުގެ ތެރެއިން ކުރިއަށްއޮތް 10ވަރަކަށް ދުވަސްތެރޭގައި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ކުނިފުނިތަކާ ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރަން ނިންމާފައިވާކަމަށެވެ.

"ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް އަދި ބައެއް ބޮޑެތި ކުންފުނިތަކަށް ކުރިއަށްއޮތް 10 ވަރަކަށް ދުވަސްތެރޭގަ އަޅުގަނޑުމެން އެކި ކަަހަލަ ސަރުކާރުގެ މިހިރަ އެކި މަޝްރޫޢުތައް ހަވާލުކުރާނަން" ރައީސް ވިދާޅުވުއެވެ.

ރައީސް ވިދާޅުވީ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ކުނިފުނިތަކާ ސަރުކާރުގެ އެކި މަޝްރޫޢުތައް ހަވާލުކުރަން ފެށުމާއެކު، އިޤްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ލިބޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

އަދި ހަމައެއާއެކު، އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދިއުމާއެކު، އާއިލާތަކަށް ތަނަވަސްކަން ލިބި، އިޤްތިސާދު ފުޅާވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.