ޚަބަރު

ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯންޏެއް އަޑިއަށް


  • އެކްސިޑެންޓްވީ އެކްސްކަރޝަން ދެ ދޯނި

  • މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވޭ

ފަތުރުވެރިން ގޮވައިގެން އެކްސްކަރޝަންއަށް ނިކުމެ އުޅުނު ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯންޏެއް އަޑިއަށްހިނގައްޖެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގީ ބާސެލޯ މޯލްޑިވްސް ރިސޯޓްގެ ފުއްޓަރު ފަރާތާ ދިމާއިން ބޭރުގައިކަމަށެވެ. ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު މެންދުރު 12:29 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓްގައި ލިބުނު ގެއްލުމުގެ ސަބަބުން އެއް ދޯނި އަޑިއަށް ގޮސްފައިވާއިރު، އަނެއް ދޯނީގެ ޑެކަށް ވަނީ ގެއްލުންވެފައެވެ.

މި މައްސަލަ ތަޙުގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.