ފުވައްމުލަކާއި އައްޑޫ ސިޓީ ފިޔަވާ އެހެން ހުރިހާ ސަރަޙައްދަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއި ގުގުރުން އަދި ވިލާގަނޑުގައި ވައިގަދަވާނެކަމަށް ލަފާކޮށެވެ. މެޓުން ލަފާކޮށްފަވާގޮތުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިދަގަވުން އެކަށީގެންވެއެވެ.
އެލާޓް ނެރެފައިވަނީ މެންދުރު 12:30އާ ހަމައަށެވެ. ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ހިސާބުތަކަށް ކެރީގެ އަސަރުކޮށްފަވެއެވެ.
އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑްކޮށްފައިވާ ބ.ގޮއިދޫއަށް 117 މިލިމީޓަރުގެ ވާރެ ވަނީ ވެހިފައެވެ. މޫސުން ގޯސްވާ ވަގުތުގައި މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.