މިދިޔަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަނުން 87 މައްސަލައެއް ތަޙުޤީޤުކޮށްފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ 2025 ވަނަ އަހަރު އެެ ކޮމިޝަނަށް 261 މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އެއީ 2024ވަނަ އަހަރާ އަޅާ ބަލާއިރު 82 މައްސަލަ އިތުރު އަދަދެކެވެ.މީގެތެރެއިން 137 (%51.7) މައްސަލައަކީ ޖުޑީޝަރީއާއި ގުޅުންހުރި މައްސަލަތައް ނޫންކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި 54 (%20.7) މައްސަލަ ރިވިއުކުރަމުންދާއިރު، 72 (%27.6) މައްސަލަ ވަނީ ތަޙުގީޤުކުރުމަށް ފޮނުވާފައެވެ.
ޖޭއެސްސީން މިދިޔަ އަހަރު ބަލާފައިވާ 87 މައްސަލައިގެ ތެރޭގައި ހިމެނެނީ، މިދިޔަ އަހަރު މުޅިން އަލަށް ހުށަހެޅި 72 މައްސަލައާއި ކުރީގެ އަހަރުތަކުގައި ހުށަހަޅާފައިވާ 15 މައްސަލައެކެވެ.
މިދިޔަ އަހަރު ވަނީ 18 މައްސަލައެއް ބަލާ ނިންމާފައެވެ. މީގެތެރޭގައި 3 ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ފޮނުވުމާއި، 2 ފަނޑިޔާރަކާ މެދު ސުލޫކީ ފިޔަވަޅު އަޅާ ކަނޑައަޅާ ތަމްރީން ފުރިހަމަކުރުމަށް އެންގުމުގެ އިތުރުން، 2 ފަނޑިޔާރުން ވަނީ ސަސްޕެންޑް ކޮށްފައެވެ.
2025ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ކޯޓުތަކުގައި 204 ފަނޑިޔާރުން މަސައްކަތްކުރަމުން އާދެއެވެ. ސުޕްރީމް ކޯޓަށް 4 ފަނޑިޔާރުން، ހައިކޯޓަށް 2 ފަނޑިޔާރުން، ސުޕީރިއާ ކޯޓުތަކަށް 4 ފަނޑިޔާރުން އަދި މެޖިސްޓްރޭޓް ކޯޓުތަކަށް 24 ފަނޑިޔާރުން ވަނީ އައްޔަނުކޮށްފައެވެ.
2025ވަނަ އަހަރު، އިތުރުވި 21 ފަނޑިޔާރުންނާއެކު، ރައްޖޭގައި މަސައްކުރާ ފަނޑިޔާރުންގެ އަދަދުވަނީ 167 އަށް އަރާފައެވެ. މުޅިން އަލަށް 7 އަންހެން ފަނޑިޔާރުން އައްޔަނުކޮށްފައިވެއެވެ.