ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ޑިސެމްބަރު މަހު 54 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ދީފަވާކަމަށް އެންސްޕާއިން ވިދާޅުވެއްޖެއެވެ.
ޑިސެމްބަރު މަހު ރާއްޖެ އަދި ރާއްޖެއިން ބޭރުން ފަރުވާކުރުމަށްވެސް ބޮޑު އެހީތެރިކަމެއް ވަނީ ދީފައެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް އެންސްޕާގެ ދަށުން، 35 މިލިޔަން ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް 18.9 މިލިޔަން ރުފިޔާގެ އެހީ ވަނީ ދީފައެވެ.
ޑިސެމްބަރު މަހު ޖުމުލަ 54 މިލިޔަން ރުފިޔާ ވަނީ އެންސްޕާގެ ދަށުން ހޭދަކޮށްފައެވެ. އެންމެ ގިނަ މީހުންނަށް އެހީތެރިކަން ދީފަވަނީ ކަށީގެ ބަލިތަކަށެވެ.
ޑިސެންބަރު 2025 ގައި ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ކުރެވިފައިވާ ޚަރަދު
— NSPA (@NSPAmaldives) January 17, 2026
ޑިސެންބަރު 2025 pic.twitter.com/bs0f97oBaP
• ކަށީގެ ބަލިތައް : 146 މީހުން
• ވިހެއުމާ ގުޅޭ : 145 މީހުން
• މައިބަދަ/ނަރުގެ ބަލިތައް : 137 މީހުން
• ނޭވާލާ ނިޒާމުގެ ބަލިތައް : 123 މީހުން
• ލޮލުގެ ބަލިތައް : 122 މީހުން
• ކުޑަކަމުދާ ނިޒާމު އަދި ކިޑްނީގެ ބަލިތައް : 117 މީހުން
• ކަރުންމަތީގެ : 113 މީހުން
• ކެންސަރު ބަލި : 101 މީހުން
• އަންހެނުންގެ ބަލިތައް : 90
• ހިތުގެ ބަލިތައް : 85 މީހުން
ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް އެނދުމަތި ކޮށްގެން ފަރުވާދިނުމަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެހީ ހަމަޖައްސައިދެވުނު ގޮތުގެ ތަފްސީލް
— NSPA (@NSPAmaldives) January 17, 2026
ޑިސެންބަރު 2025 pic.twitter.com/5t0qnxzN2V
މީގެއިތުރުންވެސް އިތުރު 12 ބާވަތުގެ ބައްޔަށް ފަރުވާ ދިނުމަށް، 420 މީހުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އަމިއްލަ ހޮސްޕިޓަލްތަކުގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލް އަދި އޭޑީކޭއިން ފަރުވާހޯދި 473 މީހުންނަށް އެހީތެރިކަން ދީފަވެއެވެ. މި ދެ ހޮސްޕީޓަލުން ހޯދި ފަރުވާއަށް 6.4 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އެއީ ޓްރީޓޯޕްއިން ފަރުވާ ހޯދި 302 މީހުންނަށް ކޮށްފައިވާ 3.5 މިލިޔަން ރުފިޔާގެ ޚަރަދާއި، އޭޑީކޭއިން ފަރުވާ ހޯދި 171 މީހުންނަށް ކޮށްފަވާ 2.8 މިލިޔަން ރުފިޔާގެ ޚަރަދެވެ.
މީގެއިތުރުން އެސިސްޓިވް ޑިވައިސްތައް ހޯދުމަށް 3 މިލިޔަން ރުފިޔާގެ އެހީތެރިކަން ވަނީ ދީފައެވެ.