ޚަބަރު

ގޯލްޑަން ފުޓްސަލް ޒޯން 2: ދުވާފަރާއެކު ކަނޑިތީމުވެސް ގަދަ 16އަށް


ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން 2 އިން ގަދަ 16 ގެ ޖާގަތައް ރ. ދުވާފަރާއި ށ. ކަނޑިތީމުން ހޯދައިފިއެވެ.

ޒޯން ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުތަކުން މި ދެ ޓީމު ވެސް މޮޅުވެފައިވާއިރު ކަނޑިތީމުން ވަނީ ށ. ފޯކައިދޫގެ މައްޗަށް 2-4 އިން ކުރިހޯދާފައެވެ. މެޗުގައި ކަނޑިތީމުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޝާން، ރައުލް ނިޔާޒް އަދި އާދަމް ތައުފީޤާއި ޙުސެއިން ނިހާލްއެވެ.ފޯކައިދޫގެ ލަނޑުތައް ޖަހައިދިނީ ހުސެއިން ފަޒީލް އަދި ފަހުދު އަބްދުﷲ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނޑިތީމުގެ އިބްރާޙީމް ނަދާދުއެވެ.

ފަހު މެޗުގައި ނ. މާޅެންދޫގެ މައްޗަށް 1-2 އިން ދުވާފަރުން ކުރިހޯދިއިރު މެޗަށް ނުކުތްއިރު ވެސް ގަދަ 16 ގެ ޖާގައެއް އަދި ޒޯން ފައިނަލުގެ ޖާގައެއް ދުވާފަރުން ވަނީ ހޯދާފައެވެ. މެޗުގައި ދުވާފަރުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އިސާމް އާއި އަބްދުﷲ ލޫތު އިބްރާޙީމެވެ. މާޅެންދޫއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފާރިޝްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދުވާފަރުގެ އިސާމް އެވެ.

ޒޯން ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހު މި ގުރޫޕުގެ ޕޮއިންޓު ތާވަލް އެތުރިފައިވާ ގޮތަށް ބަލާއިރު، އެއްވަނައިގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ކަނޑިތީމު އޮތީ ހަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު މާޅެންދޫ އޮތްއިރު ފުލުގައި ފޯކައިދޫ އޮތީ ޕޮއިންޓެއް ނުލިބިއެވެ.