ޚަބަރު

ސްޕެޝަލް އެންވޯއީގެ މަޤާމުން ރައީސް ޑރ.ވަޙީދު އިސްތިޢުފާ ދެއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރެއްވީ މިދިޔަ އަހަރުގެ މޭ މަހުގެ 26ވަނަ ދުވަހުއެވެ.