ޚަބަރު

ވެޓެރެންސް މުބާރާތް ނިއު ފެށީ މޮޅަކާއެކު


  • މެޗުގެ ދެވަނަ ހާފުގައި ނިއު އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު

  • މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަވަނީ ނއުގެ ކެޕްޓަން އަހުމަދު މުހައްމަދު

އެފްއޭއެމް ވެޓެރަންސް ކަޕް 2026 ގައި ކުޅުނު ފުރަތަމަ މެޗު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮއްފިއެވެ. ނިއު މެޗު ކާމިޔާބު ކުރީ ދަ ގްރާންޑޭއާ ވާދަކޮށް 2-0 މެޗު ކާމިޔާބުކޮއްގެންނެވެ.

މުބާރާތުގެ ގުރޫޕް އޭގައި ހިމެނޭ ދެޓީމުގެ ކުރިމަތިލުމުގައި ނިއުގެ ކުރީގެ ވަރަށް ގިނަ ތަރިންތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

ނިއު ފުރަތަމަ ހާފު ޑޮމިނޭޓްކޮއްގެން ކުޅުނުއިރު އެޓީމުން ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 15 ވަނަ މިނިޓުގައި އަލީ އުމަރެވެ. ނިއުއަށް ލީޑު ފުޅާކޮއްދިނީ 18 ވަނަ މިނިޓުގައި އަހުމަދު ނިޔާޒް ކާމިޔާބު ކުރި ލަނޑުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަވަނީ ނއުގެ ކެޕްޓަން އަހުމަދު މުހައްމަދެވެ.

މެޗުގެ ދެވަނަ ހާފުގައި ނިއު އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު އިރު ލަނޑުޖަހަން ގިނަ ފުރުސަތު ތަކެއް ގްރާންޑޭ އިން ވަނީ މިހާފުގައި ތަނަވަސްކޮއްފައެވެ.

ދިހަ ޓީމު ވާދަކުރާ މި މުބާރާތުގައި ގުރޫޕް އޭގައި ހިމެނެނީ މި ދެޓީމުގެ އިތުރުން މުއިވެޔޮ ފްރެންޑްސް ކުލަބާއި، ވިލިމާލެ ޔުނައިޓެޑްގެ އިތުރުން ދިވެހި ސިފައިންގެ ކުލަބެވެ.