އަލިމަސްޔޫބީލް ފުޓްބޯޅަ މުބާރާތުގައި ކުޅެން ރާއްޖެއިން ޕާކިސްތާނަށް ދައުވަތު ދީފި އެވެ.
ޕާކިސްތާނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނަނީ އަންނަ ޖޫން މަހުގެ 1ގައި ފަށާ މުބާރާތުގައި ބައިވެރިވުމާމެދު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ޕާކިސްތާނުގެ ފުޓްބޯޅަ އެސޯސިއޭޝަނާ ހަވާލާދީފައިވާ މީޑިއާތަކުން ބުނަނީ މި މުބާރާތަށް އެ ގައުމުގެ ގައުމީ ޓީމު ފޮނުވުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި މި ވަގުތު ރާއްޖެއާއެކު މި މުބާރާތުގައި ކުޅޭނެ ގައުމުތަކަކީ ސްރީލަންކާ އާއި ނޭޕާލް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ނޭޕާލް މިވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގެ ތުންފަތްމަތީގަ އެވެ. ސަރުކާރާއި ނޭޕާލް ފުޓްބޯޅަ ފެޑަރޭޝަނާ ޖެހިފައިވާ މައްސަލަ ހައްލުކޮށް ސަސްޕެންޑް ނުވެ ސަލާމަތްވާން ނޭޕާލަސް ފީފާއިން ދީފައިވާ ހަތް ދުވަހުގެ މުހުލަތު ހަމަވާން ބާކީ އޮތީ ދެ ދުވަހެވެ.
ރާއްޖޭގައި ޖޫން މަހުގެ 1އިން 10 އަށް ސަރަހައްދީ ހަތަރު ގައުމެއް ބައިވެރިކޮށްގެން މުބާރާތެއް ބާއްވަން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ފުޓްބޯޅަ އަށް ހުސްވި އަހަރަކީ 75 އަހަރު ފުރުނު އަހަރު ކަމަށްވާތީ އެވެ. މި ކަމުގެ މުނާސަބަތުގައި ގްރާސްރޫޓް ހަރަކާތްތަކަކާއި އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތެއް ވަނީ ބާއްވައިފަ އެވެ.