ކުޅިވަރު

އެމެރިކާ ޓީމުގައި ހައިރާން ކުރުވަނިވި ބަދަލެއްނެތް!


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އެމެރިކާއިން ނެގި ޓީމު ކުލަގަދަ ރަސްމިއްޔާތެއް ބާއްވައި އިއުލާނު ކޮށްފި އެވެ.

ނިއުޔޯކް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ޓީމުގައި ޓީމަށް ނެގި 26 ކުޅުންތެރިންގެ ތެރެއިން ބައިވެރިނުވެވުނީ ކްރިސްޓަލް ޕެލަސްގެ ކްރިސް ރިޗަޑަށް އެކަންޏެވެ. އޭނާ ޓީމާ ގުޅޭނީ ޔޫއޭފާ ކޮންފަރެންސް ލީގު ފައިނަލަށް ފަހު އެވެ.

ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ނެގި ޓީމުގައި ހިމެނޭ މަޝްހޫރު ކުޅުންތެރިންނަކީ މިޑްފީލްޑަރު ޓެއިލާ އެޑަމްސް އާއި މެކް ކެނީ އާއި ކްރިސްޓިއަން ރޮލާންޑް އަދި ސެބަސްޓިއަން ބްރަހޯލްޓާގެ އިތުރުން ކްރިސްޓިއަން ޕުލިސިޗާއި ޓިމް ވިއާ އާއި ބެރެންޑަން އާރޮންސަން އާއި ހާޖީ ރައިޓް އެވެ.

ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޓީމު ނަގަން އުނދަގޫވި ނަމަވެސް ކުޅުންތެރިން ނެގީ ވަރަށް ގިނަ ގޮތްގޮތަށް ބަލާފައި ކަމަށެވެ.

"ޓީމަށް އެންމެ ފައިދާ ހުރި ގޮތަށް. ޓެކްޓިކަލީ ވެސް ބަލާފައި. ގިނަ މަގާމުތަކަށް ކުޅެވޭ ކުޅުންތެރިންނަށް އިސްކަން ދެވުނު. މިއީ ފަސޭހަ މަސައްކަތެއް ނޫން. އެމެރިކާ މީހުންނަކީ އުއްމީދު ކުރާ ބައެއް. އެ މީހުންނަށް އެ ފުރުސަތު އެބައޮތް،" ކޯޗު ބުންޏެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަނީ އެމެރިކާގައި ކަމުން ކޯޗު ބުނީ ނަތީޖާ ރަނގަޅު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި ކުޅުންތެރިން ނެގުމުގައި ގިނަ މަގާމުތަކަށް ކުޅެވޭ ކުޅުންތެރިންނަށް އިސްކަންދިނީ އޭގެ ފައިދާ ބޮޑުވާނެ ކަމަށް ބަލާފައި ކަމަށެވެ.

މެކްސިކޯ އާއި ކެނެޑާއާ ގުޅިގެން ބާއްވާ މުބާރާތުގައި އެމެރިކާ ހިމެނެނީ ޕެރަގުއޭ އާއި އޮސްޓްރޭލިޔާ އާއި ތުރުކީއާ އެކު ގްރޫޕް ޑީގަ އެވެ. ޖޫން 11 ވަނަ ދުވަހު މުބާރާތް ފެށުމުގެ ކުރިން ސެނަގާލް އާއި ޖަރުމަނާއެކު އެމެރިކާއިން ދެ މެޗު ކުޅޭނެ އެވެ.