ޚަބަރު

ރާއްޖެ ޖޫނިއާ ކެރަމް ޗެންޕިއަންޝިޕުގައި ފޯރިގަދަ މެޗުތަކެއް


  • މިމުބާރާތުގައި 16 ސްކޫލަކުން 458 ކުޅުންތެރިން ވާދަކުރޭ

  • މުބާރާތުގެ ކުޅުން ކުރިއަށްދަނީ ހުޅުމާލޭ ކެރަމް އެރީނާގައި

  • މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް މުބާރާތް ކުރިއަށްދާނެ

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރާއްޖެ ޖޫނިއާ ކެރަމް ޗެންޕިއަންޝިޕުގެ މެޗުތައް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. ހުޅުމާލޭ ކެރަމް އެރީނާގައި ކުރިއަށްދާ މިމުބާރާތުގައި 16 ސްކޫލަކުން 458 އެތްލީޓުން އަންނަނީ ވާދަކުރަމުންނެވެ.

ރާއްޖެ ޖޫނިއާ ކެރަމް ޗެންޕިއަންޝިޕުގައި ތިން އުމުރުރުފުރާއަކުން ކުޅުންތެރިން ވާދަކުރާނެއެވެ. އެއީ 19 އަހަރުންދަށް، 16 އަހަރުންދަށް އަދި 14 އަހަރުންދަށެވެ. މިމުބާރާތުގައި ހިމެނޭ ކެޓެގެރީތަކަކީ ސިންގަލްސް، ޑަބަލްސްގެ އިތުރުން ޓީމް އިވެންޓްތަކެވެ.

މިހާތަނަށް މިމުބާރާތުގެ ސިންގަލްސް އަދި ޑަބަލްސް މެޗުތައް ކުޅެފައިވާއިރު މިހާރު ކުރިއަށްދަނީ ޓީމް އިވެންޓްތަކެވެ. ގިނަ އަދަދެއްގެ ޒުވާން އެތްލީޓުން މިމުބާރާތުގައި ވާދަކުރަމުން އަންނައިރު، ހުނަރުވެރި ކުޅުންތެރިންތަކެއް މިމުބާރާތުންވެސް ވިދާލާނެއެވެ. މިމުބާރާތުގެ ސަބަބުން ކެރަމްގެ ތެރެއަށް އައު ކުޅުންތެރިންތަކެއް ވަދެގެންދާއިރު، މިއީ ކެރަމްގެ މުސްތަގުބަލަށްޓަކައި މުހިންމު މުބާރާތެކެވެ.

ރާއްޖެ ޖޫނިއާ ކެރަމް ޗެންޕިއަންޝިޕް ކުރިއަށްދާނީ މިމަހުގެ 7 އިން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.