އީރާނަށް އަތްގަދަކުރުމަށް ޔަހޫދީންނާއި އެމެރިކާ ގުޅިގެން ކުރި މަސައްކަތް ނާކާމިޔާބުވެ، އިސްލާމީ ޖުމްހޫރިއްޔާގެ ސިޔާދަތާއި ވަރުގަދަކަން ދުނިޔެއަށް ހާމަވެގެންދިޔަ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނެވި، ޖޫން 19 ވާ ހުކުރު ދުވަހު ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ސޮއިކުރެވޭ ތާރީޚީ ސުލްޙައިގެ އެއްބަސްވުމާއެކު މެދުއިރުމަތިން އައު ޒަމާނަކަށް މަރުޙަބާ ކިޔާނެ ކަމުގައި ތެހްރާނުން ބުނެފިއެވެ.
ސުލްޙައިގެ މަޝްވަރާތައް ކާމިޔާބުވުމަކީ، ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނާއިންސާފު ޢުދުވާނަށްފަހު، އީރާނުން ހޯދި ބޮޑު ސިޔާސީ އަދި އަސްކަރީ ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. ޖޫން 19 ގައި ސުވިޓްޒަލެންޑުގައި ބޭއްވުމަށް ތައްޔާރު ކުރަމުންދާ ސޮއިކުރުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން ތުރުކީވިލާތުގައި ހުންނަ އީރާނުގެ އެމްބަސީން ބުނީ، އެއްބަސްވުމާ އެކު "އައު ޒަމާނެއްގެ މެދުއިރުމައްޗަކަށް މަރުޙަބާ" ކިޔާ ކަމުގައެވެ.
މި އެއްބަސްވުމުގެ ދަށުން، އެމެރިކާގެ ކަނޑުގެ ޙިޞާރު ވަގުތުން އުވައިލައި، އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ހުރްމުޒް ކަނޑުއޮޅިން ނާލާ ނުލައި ދަތުރުކުރެވޭނެ މަގު ހުޅުވައިލެވޭނެއެވެ. އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، ލުބްނާން ހިމެނޭ ގޮތުގައި ހުރިހާ ސަފެއްގައި އަސްކަރީ ހަރަކާތްތައް ދާއިމީކޮށް ހުއްޓައިލާފައިވާ ކަން ޖޫން 15 ވީ ހޯމަ ދުވަހު ރަސްމީކޮށް އިޢުލާނު ކުރެވޭނެ ކަމުގައެވެ. މިއީ، އީރާނުގެ ސިޔާސަތުތަކަށް ލިބުނު ފުރިހަމަ ކުރިއެރުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ތެހްރާނާއި ވޮޝިންގޓަނުން ސޮއިކުރުމަށް ތައްޔާރުވެފައި އޮތް ސުލްޙައިގެ އެއްބަސްވުމަކީ އީރާނުން އެދެމުންދިޔަ ހުރިހާ ޝަރުޠުތަކެއް ފުރިހަމަވެގެންދިޔަ އެއްބަސްވުމެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. މި ގޮތުން، އީރާނުގެ މިސައިލް ޕުރޮގުރާމާއި ތެހްރާނުން ވާގިވެރިވާ ޖަމާޢަތްތަކަށް ދޭ ތާއީދުގެ ވާހަކަ އެޖެންޑާއިން ވަނީ އުނިކޮށްފައެވެ. އަދި އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ 24 ބިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާ ދޫކޮށްލުމަށާއި، ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ވެސް ވަނީ އެއްބަސްވެފައެވެ. މިއީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް އިޤުތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ސަޢޫދީ ޢަރަބިއްޔާގެ އިސްވާރުންނަށާއި ތުރުކީވިލާތަށް ޝުކުރު އަދާކުރައްވާފައެވެ. މެދުވެރިއެއްގެ ގޮތުގައި އިސް ދައުރެއް އަދާކުރި ޤަޠަރުން ވެސް މި އެއްބަސްވުމަށް މަރުޙަބާ ކިޔާފައިވާއިރު، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ވަނީ، މިއީ "މެދުއިރުމަތީގައި އައު ޒަމާނެއްގެ ފެށުމުގެ" ގޮތުގައި ސިފަކުރައްވާފައެވެ. މި އެއްބަސްވުމުގެ ސަބަބުން، ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ސަރަޙައްދު ރުޖޫޢަކުރެވި، އީރާނުގެ ސިޔާސީ ނުފޫޒު މުޅި މެދުއިރުމަތީގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.