ޚަބަރު

ރޫޑީ ގާސިއާ ބެލްޖިއަމްގެ ކޯޗު ކަމާއި ދުރަށް


ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޫޑީ ގާސިއާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާ އެ މަގާމާއި ދުރަށް ދާނެކަމަށް ބެލްޖިއަމްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފި އެވެ.

ބެލްޖިއަމްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވާ ގޮތުގައި އޭނާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ހިނގާ ޖުލައި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި އެ މުއްދަތަށްފަހު އެ އެއްބަސްވުން އައު ނުކުރުމަށް އެ އިދާރާއިން ވަނީ ނިންމާފަ އެވެ.

"ރޫޑީ ގާސިއާ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް ރަގަޅު ބަދަލުތަކެއް ގެނެސްދީފައި. އަދި އޭނާ އެ ޓީމާއި ހަވާލުވެފައިވަނީ ގިނަ ގޮންޖެހުންތަކެއް ހުރި ވަގުތެއްގައި ނަމަވެސް އޭނާ ވަނީ ނިމިގެންދިޔަ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަށް ބެލްޖިއަމް ގެންގޮސްދީފައި." ބެލްޖިއަމްގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

" އަދި ފާއިތުވެދިޔަ 18 މަސް ދުވަހު އޭނާ ބެލްޖިއަމްގެ ގައުމީ ޓީމަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަންކޮށް އޭނާއަށް ޝުކުރުވެރިވަން." އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އުމުރުން 62 އަހަރުގެ ރޫޑީ ގާސިއާގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ވަނީ ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި ކުޅެފަ އެވެ. އަދި ކުއާޓަރ ފައިނަލުން އެ ޓީމު ބަލިވެފައިވަނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ސްޕެއިން އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

ރޫޑީ ގާސިއާ ވަނީ މީގެ ކުރިން ކްލަބް ފުޓްބޯޅައިގައި އިޓަލީގެ ރޯމާ އާއ ނަޕޮލީގެ އިތުރުން ފްރާންސްގެ ލިއޯން ގެ އިތުރުން މާސޭ އަށް ކޯޗުކޮށްދީފަ އެވެ.