ޚަބަރު

ހަތަރެއްގުނަ 100 މީޓަރުގެ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރިކޯޑް އައުކޮށްފި


  • ޤައުމީ ރިކޯޑް އައުކުރި ޓީމުގައި ހިމެނެނީ އާން، ރިހާން، ތަޒްކިޔާ، މެރާލް

  • ރާއްޖޭގެ ފެތުންތެރިން އަންނަނީ މިމުބާރާތުގައި ގިނަ ރިކޯޑްތަކެއް އައުކުރަމުން

ލޯންގްކޯސް ހަތަރެއް ގުނަ ސަތޭކަ މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް އައުކޮށްފިއެވެ.

ސްކޮޓްލަންޑްގެ ގްލާސްގޯ ގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސް ގެ ތެރެއިން ޤައުމީ ރެކޯޑް އައުކުރި ޓީމުގައި ހިމެނެނީ މުޙައްމަދު އާން ޙުސައިން، މުޙައްމަދު ރިޙާން ޝިހާމް، އަމްނާ ތަޒްކިޔާ މިރުޞާދު އަދި މިރާލް ޢައިން ލަތީފް އެވެ.

އެޓީމުން މި ރެކޯޑް އައުކޮށްފައިވަނީ 04:00.64 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުންވެސް އައުކޮށްފައިވަނީ ހަމަ މި ޓީމުންނެވެ. އެއީ 2025 ވަނަ އަހަރު ސިންގަޕޫރުގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި، 04.04.21 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

ސްކޮޓްލަންޑްގެ ގްލާސްގޯ ގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސް ގައި ވާދަކުރާ ޤައުމީ ޓީމުގެ ފެތުންތެރިން އަންނަނީ މިމުބާރާތުގެ ތެރެއިން ޤައުމީ ގިނަ ރިކޯޑްތަކެއް އައުކުރަމުންކަން ފާހަގަކޮށްލެވެއެވެ.