ބްލެކް ވިޑޯ ސްޕައިޑާތަކެއް އެއަރ ޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިއަދު ހެނދުނު ވަގުތެއްގައި އެއަރ ޕޯޓް އިލެކްޓްރިކަލް ޑިޕާޓްމަންޓް ހިމެނޭ ސަރަޙައްދުގައި ހުރި ގޮނޑި ބަރިއަކުން ބްލެކް ވިޑޯ ސްޕައިޑާއެއް ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ޓުއަރިސްޓް ޕޮލިސް ގައި މަސައްކަތްކުރާ ފުލުހުން ވަނީ ބްލެކް ވިޑޯ ސްޕައިޑާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި އެ ގޮނޑިތައް އިތުރަށް ބަލައިފާސްކުރުމުން އިތުރު ބްލެކް ވިޑޯ ސްޕައިޑާތަކެއް ފެނިފައިވާއިރު މިތަކެތި ފެނުނު ތަނުން އެތަކެތީގެ ބިސްވެސް ފެނިފައިވެއެވެ.
އެގޮތުން ޖުމްލަ 11 ބްލެކް ވިޑޯ ސްޕައިޑާ އެއް ވަނީ ފެނިފައިވާއިރު އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.